އެމްޑީޕީއިން ބޭއްވި ޖަލްސާ

އެމްޑީޕީއިން އައްޑޫ ރައްޔިތުންނާ ބައްދަލުކުރުމަށް މާލޭގައި ބޭއްވި ޖަލްސާއަށް ދިޔައީ މަދު ބަޔަކު

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީއިން އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރުމަށް މާލޭގައި ބޭއްވި ޖަލްސާ އަށް މާބޮޑު ތަރުހީބެއް ނުލިބި ނިންމާލަން ޖެހިއްޖެއެވެ.

މިރޭ ބްރިޖް ޕްލެޓްފޯމް ވިއުގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެ ވަޑައިގެން ނަމަވެސް އެޖަލްސާގައި ބައިވެރި ވެފައިވަނީ 100 އާއި 150 އާ ދެމެދުގެ އަދަދެއްގެ މީހުންނެވެ.

އެމްޑީޕީއިން މިރޭ މާލޭގައި ބޭއްވި ބައްދަލުވުން

ރައީސް އިބްރާހިމް ވެރިކަމަށް ވަޑައިގަތީ އައްޑޫ ރައްޔިތުންނަށް ގިނަ ވައުދުތަކެއް ވެވަޑައިގަތުމަށްފަހުއެވެ. ނަމަވެސް ދައުރު ނިމުނުއިރު ވީ އެއްވެސް ވައުދެއް ފުއްދިފައި ނުވާކަން ފާހަގަ ކުރެވެއެވެ.

ރައީސް އިބްރާހިމް އަޑޫ ރައްތިތުންނަށް ވެވަޑައިގެންފައިވާ ވައުދު ތަކުގެ ތެރޭގައި އައްޑޫ ރައްޔިތުންގެ ޖީބަށް ޕައުންޑް ވެއްދުމާއި އައްޑޫ އިންޓަނޭޝަނަލް އެއަރ ޕޯޓުން ދުނިޔޭގެ ފަސް މަންޒިލަކަށް ދަތުރުތައް ފެށުމާއި 800 އެނދުގެ ޓޫރިޒަމް އައްޑޫއަށް ގެނައުން ހިމެނެއެވެ.

ރައީސް އިބްރާހިމަށް ނާކާމިޔާބު ކުރިމަތިވީ އެންމެ މައިގަނޑު ސަބަބަކީ ރާއްޖޭގެ އެކިރަށް ރަށަށް ވެވަޑައިގެން ވައުދުފުޅުތައް ނުފުއްދެވުން ކަމަށް ސިޔާސީ ތަޖުރިބާކާރުން ވިދާޅުވެއެވެ.

advertisement
ހިޔާލު ދެއްވާ!