ސީރިޔާގައި ހުންނަ އީރާނުގެ އެމްބަސީއަށް ޙަމަލާދީފައި. ފޮޓޯ: ރޮއިޓާރސް

އިރާނުން ޙަމަލާދީފާނެކަމަށް އިސްރާއީލުގެ އަސްކަރިއްޔާ އެލާޓަށް!

އިރާނުން ދީފާނެ ހަމަލާ އަކުން ސަލާމަތްވުމަށްޓަކައި ޔަހޫދީންގެ އަސްކަރިއްޔާ އިން ތައްޔާރުވަމުން ދާކަމަށް ބޭރުގެ ހަބަރު ފަތުރާ އެޖެންސީތަކުން ބުނެފިއެވެ.

ސީރިއާގެ ވެރިރަށް ދިމިޝްގު ގައި ހުންނަ އީރާން އެމްބަސީއަށް މިދިޔަ ހޯމަ ދުވަހު ދިން ވައިގެ ޙަމަލާއާ ގުޅިގެން އިސްރާއީލާއި އީރާނުގެ ގުޅުން ގޯސްވެފައިވާ މިދަނޑިވަޅުގައި އީރާނުން އިސްވެ ބަދަލުހިފުމުގެ ޙަމަލާއެއްދީފާނެކަމަށް ޤަބޫލުކުރެވޭތީ އިސްރާއީލުގެ އަސްކަރީ މިހާރު ވަނީ ފުލް އެލާރޓަށް ގެނެސްފައެވެ.

ވައިގެ ހަމަލާއެއްދީ އިރާނުގެ އިންގިލާބީ ސިފައިންގެ އިސް ކޮމާންޑަރަކު މަރުވި މި ހަމަލާގެ ޒިންމާ އިސްރާއީލުން ރަސްމީ ކޮށް ނަގާފައި ނުވި ނަމަވެސް، މި ހަމަލާ ދީފައިވާ ގޮތަށް ބަލާއިރު މިއީ އިސްރާއީލުގެ އަސްކަރިއްޔާ އިން ދިން ހަމަލާއެއް ކަމަށް އީރާނުން ޤަބޫލުކުރެއެވެ. އެސަބަބަށްޓަކައި ޔަހޫދީން ހަނދާނުން ނުފިލާވަރުގެ ރައްދެއް ދޭނެ ކަމަށް އިރާނުން ވަނީ ބުނެފައެވެ.

އީރާނަކީ ބެލިސްޓިކް މިސައިލާއި އަސްކަރީ ޑްރޯންގެ ބޮޑު ބިޔަ ލަޝްކަރެއް އޮތް ގައުމަކަށްވާތީ އިރާނުގެ މިހަރުކަށި އިންޒާރު އިސްރާއީލުން ވަނީ ވަރަށް ސީރިއަސްކޮށް ނަގާފައެވެ. އެގޮތުން އެގައުމުގެ އަސްކަރިއްޔާ އިން ވަނީ އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމު ކޮންޓްރޯލް ކުރާ މަރުކަޒުތަކަށް އަސްކަރީ ރިޒާވްގައި ތިބި ސިފައިން ވެސް އަނބުރާ ގެނެސްފައެވެ. އަދި ޔަހޫދީންގެ އަސްކަރިއްޔާ އިން ވަނީ އެ ގައުމުގެ ސިފައިންނަށް ދޭން ކުރިން ރާވާފައި ހުރި ޗުއްޓީތައް ވެސް ވަގުތީ ގޮތުން މަޑުޖައްސާލާފައެވެ.

ދުނިޔޭގައި ކަންހިނގަމުން އަންނަގޮތާއި އީރާނުން ޢަމަލުކުރާ އުޞޫލުތަކަށް ބަލާއިރު އިރާނުން ސީދާ އިސްރާއީލަށް ހަމަލާއެއްދީފާނެ ކަމަކަށް ނުބެލެވެއެވެ. މީގެ ބަދަލުގައި އިރާނުން އެ ގައުމަށް ވަފާތެރި ކޮންމެވެސް ހަނގުރާމަތީ ޖަމާއަތެއް ބޭނުން ކޮށްގެން އިސްރާއީލަށް ހަމަލާ ދިނުމަކީ ވުން ވަރަށް ގާތް ކަމެކެވެ.

advertisement
ހިޔާލު ދެއްވާ!