މަގުމަތި-- ފޮޓޯ: ދިޔަރެސް

ކުނި ކަހަން ހުރި މީހެއްގެ ގައިގައި ސައިކަލުން ޖެހުމުން މަޑުނުކޮށް ފިލި ދެ މީހަކު ހޯދަނީ

މާލޭގެ މަގެއްގައި ކުނިކަހަން ހުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓްވުމުން މަޑުނުކޮށް ފިލި ދެ މީހަކު ހޯދަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ އިއްޒުއްދީން މަގުގައި ކުނިކަހަން ހުރި މީހެއްގެ ގައިގައި އެ މަގުން ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ރޭ 23:17 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުންދާ ކަމަށާއި އަނިޔާވެފައިވަނީ 48 އަހަރުގެ ދިވެހި އަންހެނަކަށް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެކްސިޑެންޓް ހިނގި ވަގުތު ސައިކަލުގައި ތިބި ދެ މީހުން މަޑުނުކޮށް ފިލާފައިވާ ކަމަށާއި އެ ސައިކަލާއެކު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!