ރައީސް ޑރ. މުހައްމަދު މުއިއްޒު-- ފޮޓޯ: ދިޔަރެސް

އެމްޑީޕީން ވަނީ އަމިއްލަ މަންފާ ހާސިލް ކުރުމަށްފަހު އެތައް މަޝްރޫއުއެއް ހުއްޓާލާފައި: ރައީސް

އިދިކޮޅު އެމްޑީޕީން ވަނީ އަމިއްލަ މަންފާ ހާސިލް ކުރުމަށްފަހު އެތައް މަޝްރޫއުއެއް ހުއްޓާލާފައިކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ކުރީ ސަރުކާރުން ހިންގާފައިވާ މަޝްރޫއުތައް މި ސަރުކާރުން ހުއްޓާލާފައިވާކަމަށް ދެކެވޭ ވާހަކައާ ގުޅިގެން މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް އޮފީހުގެ ފަރާތުން ގެނެސްދޭ “ރައީސްގެ ޖަވާބު” މޕްރޮގްރާމުގައި އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިއީ އެމަނިކުފާނަށް އަމާޒުކޮށް އިދިކޮޅުން ދައްކާ ދޮގު ވާހަކަތަކުގެ ތެރެއިން އެންމެ ބޮޑު ދޮގު ވާހަކަކަމަށާއި އެ ފާހަގަކުރާ މަޝްރޫއުތަކަކީ އޭރު އެމްޑީޕީގެ ވެރިކަމުގައިވެސް ހުއްޓިފައި ހުރި މަޝްރޫއުތައްކަން އެ ރަށްތަކުގެ ރައްޔިތުން ވެސް ހެކިވާނެކަމަށެވެ.

އެގޮތުން ކެމްޕެއިން ތެރޭގައި ރާއްޖޭގެ ގިނަ އަދަދެއްގެ ރަށްތަކަށް ޒިޔާރާތްކުރެވުނުކަން ފާހަގަކޮށް ރައީސް ވިދާޅުވީ އެއިން ކޮންމެ ރަށެއްގައިވެސް މަޝްރޫއުތައް ހުރީ ހުއްޓިފައިކަމަށެވެ.

މީގެއިތުރުން ޕާޓީގެ މީހުންނަށް މަޝްރޫއުތައް ހަވާލުކޮށް، އެޑްވާންސް ދިނުމަށްފަހު، ކުރިއަށް ނުގޮސް ހުރި އެތައް މަޝްރޫތަކެއްވެސް އެބަހުރިކަމަށާއި އެޑްވާންސް ޕޭމަންޓް ދިނުމަށްފަހު މަޝްރޫއު ކުރިއަށް ނުގެންދިއުމުން އަނެއްކާ އެހެން ފަރާތަކަށް ހަވާލުކޮށް ފައިވާމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި އެފަދައިން އެންމެ މަޝްރޫއުއެއް 4 ވަރަކަށް މީހުންނަށް ދީފައިކުރިކަން ފާހަގަކުރައްވާ ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމްޑީޕީން އެތައް މިލިއަން ރުފިޔާއެއް އަމިއްލަ ބޭނުމަށް ހަރަދު ކޮށްފައިވާކަމަށެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ އިންތިހާބާއި ދިމާކޮށް ވޯޓު ހޯދުމަށް އެތައް ރަށެއްގައި ފަހު ވަގުތު މަޝްރޫއުތައް ފެށިކަމަށާއި މި މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކަށް އެކަންކަމަށް މޮބިލައިޒް ނުކުރެވުމުގެ ސަބަބުންވެސް މަޝްރުއުތައް ކުރިއަށް ނުގޮސް ހުރިކަމަށެވެ.

advertisement
ހިޔާލު ދެއްވާ!