ދިވެހި ފުލުހުންގެ އިދާރާ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގެ މަންޒަރު ދުށް ބަޔަކު ވޭތޯ ހޯދަނީ

ހުޅުމާލޭގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގެ މަންޒަރު ދުށް ބަޔަކު ވޭތޯ ފުލުހުން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ އިއްޔެ ހަވީރު 04:54 އެހައިކަންހާއިރު ހުޅުމާލެ، ނިރޮޅުމަގާއި ގުލްއަލާމާހިނގުން ގުޅޭ ކަންމަތީގައި ދެ ސައިކަލުޖެހި ހިނގި އެކްސިޑެންޓެއްގެ މައުލޫމާތު އެނގޭ ނުވަތަ މަންޒަރު ދުށް މީހަކު ނުވަތަ ބަޔަކު ވޭތޯ ބަލަން އެ އިދާރާއިން ބޭނުންވާ ކަމަށެވެ.

އެގޮތުން އެ އެކްސިޑެންޓުގެ މަންޒަރު ދުށް ނުވަތަ އެ އެކްސިޑެންޓާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ހުޅުމާލެ ފޭސް 1 އިންވެސްޓިގޭޝަން ޑިއުޓީ ނަންބަރު 9980062 އަށް ގުޅުއްވައި ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މީގެއިތުރުން މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

advertisement
ހިޔާލު ދެއްވާ!