އައިފޯން ޕްރޯ މެކްސް ލިބުނު ޢަބްދުﷲ މުޙައްމަދަށް އުރީދޫއިން ފޯން ޙަވާލުކުރަނީ ފޮޓޯ؛ އުރީދޫ

އެމް-ފައިސާ މެދުވެރިކޮށް އައިފޯން ޕްރޯ މެކްސް އެއް ހޯދުމުގެ ފުރުޞަތު

އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް ޕްލެޓްފޯމްކަމަށްވާ އެމް-ފައިސާ އިން ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޚާއްސަ ޕްރޮމޯޝަންގެ ދެވަނަ ނަސީބުވެރިޔާ ހޮވައިފިއެވެ.

އުރީދޫގެ މިޕްރޮމޯޝަންގެ ދެވަނަ ނަސީބުވެރިޔަކަށް ހޮވިފައިވަނީ، ގިނަ ފިހާރަތަކަށާއި ހުރިހާ ޔުޓިލިޓީ ބިލްތަކެއްވެސް އެމް-ފައިސާ މެދުވެރިކޮށް ދައްކަމުން އަންނަ ޢަބްދުﷲ މުޙައްމަދު އެވެ. އުރީދޫގެ ފަރާތުން މިހާރު ވަނީ ޢަބްދުﷲ އަށް އައިފޯން ޕްރޯ މެކްސް ހަވާލުކޮށްފައެވެ.

އުރީދޫ އިން ބުނީ މި ޕްރޮމޯޝަންގައި އެމް-ފައިސާ ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ކޮންމެ ދެ މަހަކުން އައިފޯން 15 ޕްރޯ މެކްސް ކާމިޔާބު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ޔޫޓިލިޓީ ބިލް ދެއްކުމާއި މާޗަންޓް ޓްރާންސެކްޝަންތަކަށް ކޮންމެ މަހަކު 1،500 ރުފިޔާ އެމް-ފައިސާ މެދުވެރިކޮށް މުއާމަލާތްކުރާ ކަސްޓަމަރުން އޮޓަމެޓިކުން ލަކީ ޑްރޯގައި ހިމެނިގެންދާނެއެވެ.

އެމްފައިސާއިން ފަސޭހަކަމާއެކު ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، މީޑިއާނެޓް ފަދަ ބިލްތަކަށް ފައިސާދެއްކެއެވެ. ބިލް ދެއްކުމުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ގިނަ ކެފޭ، ރެސްޓޯރެންޓް އަދި ފިހާރަތަކުން ވެސް ކަސްޓަމަރުންނަށް އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ބިލަށް ފައިސާ ދެއްކޭނެއެވެ.

އެމް-ފައިސާ އަށް ރެޖިސްޓާވާން ބޭނުންވާ ފަރާތްތަކަށް އުރީދޫ އެޕް މެދުވެރިކޮށް ރެޖިސްޓާ ވެވޭނެއެވެ.

ރަޖިސްޓާ ކުރުމަށްޓަކައި:

  • އުރީދޫ އެޕް ޑައުންލޯޑްކޮށްލާށެވެ.  (http://ore.do/app)
  • އެމް-ފައިސާ ހިޔާރުކޮށް ރަޖިސްޓްރޭޝަން އަށް ފިތާލައްވާށެވެ.
  • އެކައުންޓް އެކްޓިވޭޓް ކުރުމަށް ބޭނުންވާ ތަފްސީލް ތައް ފުރުމަށްފަހު ފޯނަށް ލިބޭ އޯޓީޕީ ޖައްސަވާށެވެ.
  • މޮބައިލް ނަންބަރު ޖެއްސެވުމަށް ފަހު 4 ޑިޖިޓްގެ ޕިން އެއް ސެޓްކޮށްލާށެވެ.
  • މޮބައިލް ނަމްބަރާއި 4 ޑިޖިޓްގެ ޕިން ޖައްސަވާށެވެ.
  • ފޯނަށް ލިބޭ އޯޓީޕީ ޖެއްސެވުމަށް ފަހު ރަޖިސްޓްރޭޝަން ފުރިހަމަކޮށްލާށެވެ.

އެމް-ފައިސާ ގެ ފަސޭހަކަމާއި ހާއްސަ އޮފަރތަކުގެ ބޭނުން ހިފުމަށް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް މި ހިދުމަތް ބޭނުން ކުރެވޭނެއެވެ.

advertisement
ހިޔާލު ދެއްވާ!