އިންޑިއާ ސިފައިން ދަތުރު ކުރި ބަހެއް އެކްސިޑެންޓް ވެއްޖެ

އިންޑިއާ ސިފައިން ގޮވައިގެން ދަތުރު ކުރި ބަހެއް ކާރަކާ ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ސިއޯނީ ޑިސްޓްރިކްޓްގައި ސްޕެޝަލް އާމްޑް ފޯސަސް (އެސްއޭއެފް) ގެ ސިފައިން ގޮވައިގެން ދަތުރުކުރި ބަސް އެކްސިޑެންޓުވެ 3 މީހަކު މަރުވެފައިވާއިރު 26 މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތަކެއް ލިބިފައެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ޑިސްޓްރިކްޓް ހެޑް ކުއާޓާސް އާއި ގާތްގަނޑަކަށް 50 ކިލޯމީޓަރު ދުރުގައި އޮންނަ ސިއޯނީ – މަންޑްލާ ސްޓޭޓް ހައިވޭގެ ދަނަގަޑާ ވިލެޖް ކައިރިން ކަމަށާއި އެކްސިޑެންޓު ހިނގާފައިވަނީ ރޭ ދަންވަރު 1:00 އެހާއިރު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އެކްސިޑެންޓުވިއިރު ކާރުގައި 5 މީހުން ތިބި ކަމަށާއި މަރުވެފައިވަނީ ކާރުގައި ދަތުރު ކުރި ކަންހާޔާ ޖަސްވާނީ (75އ) އާއި ނިކްލޭޝް ޖަސްވާނީ (45އ) އަދި ޑްރައިވަރު ޕުރުޝޮތަމް މަހޯބިއާ (37އ) ކަމަށް އޮފިޝަލުން މަޢުލޫމާތު ދެއެވެ. އަދި މަރުވި މީހުންނަކީ މަންދުލާއަށް ނިސްބަތްވާ މީހުން ކަމަށްވެސް ބުނެ އެވެ.

މި ހާދިސާގައި އެސްއޭއެފް ގެ 26 ސިފައިން ޒަޚަމްވެފައިވާއިރު އެމީހުން ވަނީ ކިއޯލާރީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައިކަމަށްވެސް އޮފިޝަލުން މަޢުލޫމާތު ދެއެވެ.

advertisement
ހިޔާލު ދެއްވާ!