އެމްއޭސީއެލްގެ މުވަޒަފުންތަކެއް އެއަރޕޯރޓުގައި-- ފޮޓޯ: އަވަސް

ޑްރަގު މައްސަލައެއްގައި އެމްއޭސީއެލް މުވައްޒަފުންތަކެއްގެ ބައިވެރިވުން، ޖިނާއީ ބޮޑު ތަހުގީގެއް

މިދިޔަ މަހުގެ 15 ވަނަ ދުވަހުގައި ވައިގެ މަގުން ރާއްޖެ އެތެރެކުރި 4.5 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޭރުކޮށްދިނުމުގައި މޯލްޑިވެސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ދެ މުވައްޒަފަކު ހިމެނޭ ކަމަށާއި އޭގެ ތެރެއިން އެކަކު ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން މީޑިއާއަށް ވިދާޅުވެފައިވަނީ އުސޫލުން ބޭރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޭރުކުރަން އުޅުނު ލަގެޖަކުން 4.5 ކިލޯއަށް ވުރެ ގިނަ ޑްރަގްސް ފެނުނު ކަމަށާއި ބޭރުކުރަން މަސައްކަތް ކޮށްފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހިރޮއިން އާއި މެތު ކަމަށެވެ.

ޝިފާން ވިދާޅުވިގޮތުގަިއ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްއޭސީއެލްގެ ދެ މުވައްޒަފަކާއި ޕާކިސްތާނު މީހެއް އަދި އެ ލަގެޖާ ހަވާލުވާން ދިޔަ މީހާއެވެ.

ނަމަވެސް އެ މީހުން ތަހުގީގަށް ބަންދު ކުރުމުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން މި މައްސަލާގައި ހިމެނޭ އެންމެ އިސްމީހާ ކަމަށް ބެލެވޭ އެމްއޭސީއެލްގެ ސީނިއާ މުވައްޒަފަކު ދޫކޮށްލާފައިވާކަމަށާއި އޭނާ ދޫކޮށްލާފައި ވަނީ ކޮންމެވެސް ވަރަކަށް ހެކި ހުރި ނަމަވެސް ޝަރުތު ކޮށްފައިކަމަށް ޝިފާން ވިދާޅުވިއެވެ.

ޝިފާން އިތުރަށް ވިދާޅުވީ މިއީ ޖިނާއީ ބޮޑު ތަހްގީގެއް ކުރަމުންދާ މައްސަލައެއްކަމަށާއި މި ކަމުގައި ގިނަ މުވައްޒަފުންތަކެއްގެ ބައިވެރިވުން ހިމެނޭކަމަށެވެ. އެހެންވެ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައްގެ ގޮތުގައި ކުރިއަށް ގެންދާކަމަށް އޭނާ ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!