ފިޠުރު ޢީދު ދުވަހުގެ ހަވީރު މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކުރުމަށް ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 1445 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޢީދު ދުވަހުގެ ހަވީރު 16:00 ން 18:00 އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ އާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ ސަރަހައްދުތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް މާލޭ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 140 ވަނަ ރަސްމީ އާންމު ބައްދަލުވުމުން 28 މާރިޗު 2024 ގައި ނިންމާފައިވާ ކަމަށެވެ.
އަދި އިމަރޖެންސީ ޙާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ޚާއްޞަ ސްޓިކަރ އެ ކައުންސިލްގެ ޢާންމު ޚިދުމަތާއި ބެހޭ ބައިން 8 އޭޕްރީލް އަދި 9 އޭޕްރީލް ގެ ހެނދުނު 10:00 އިން މެންދުރު 14:00 އަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި އެ އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.