އިކޮނޮމިކް މިނިސްޓަރ ސަޢީދު ފޮޓޯ: މިއަދު

ރައީސް ޑރ. މުޢިއްޒު ދިވެހިރާއްޖެ ބަދަލުކޮށްލާނީ މުއްސަނދި ރާއްޖެއަކަށް: ސަޢީދު

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖެ ބަދަލުކޮށްލާނީ މުއްސަނދި ރާއްޖެއަކަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ފަރާތުން ރޭ މާލޭގައި ބޭއްވި ކެމްޕޭނު އިވެންޓެއްގައި މިނިސްޓަރ ސައީދު ވިދާޅުވީ ރައްޔިތުން ނިކުމެ ސަރުކާރު ބަދަލުކުރީ ކަންކަން ނުނިމި، މިސްރާބުން ނެއްޓުމުން ކަމަށާއި މި ސަރުކާރަށްވީ 4 މަސްދުވަހުގެ ތެރޭގައި ރާއްޖެ އައިސްފައިވާ ހިސާބު ވިސްނުމަށް ގެންނަންޖެހޭ ކަމަށެވެ. ބޮޑެތި އެތައް މަޝްރޫއެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް އެބަދާކަމަށް ސައީދު ވިދާޅުވިއެވެ.

އެއީ އިދިކޮޅުގައި ތިބި މީހުންނަކީ އެއްވެސް މިސްރާބެއް ނެތި ކުރިޔަށްދާ ބަޔެއްކަމަށާއި، އެހެންކަމުން އިދިކޮޅުން މިސްރާބުގެ ވާހަކަ ދައްކައިގެން ނުވާނެކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.

އިދިކޮޅު އެމްޑީޕީގައި ތިބި ހަތަރު ފަސް މީހަކު ދައްކާ ވާހަކައަކުން ރާއްޖެ އަށް އޮތް ތާއީދާއި، އިތުބާރު ގުޑުވާނުލެވޭނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

"އެއްވެސް މިސްރާބެއް, ހިނގާފަ ދާއިރުވެސް އެއްވެސް މިސްރާބަކަށް ނުދެވޭ ބައެއް. މިސްރާބުގެ ވާހަަކަ ދެއްކީމަ އަޅުގަނޑުމެންގެ ދާއިރާގެ މީހުންނަކަށް ކަމަކު ނުދާނެ. ހަމަޔަށް ރައީސް ޞާލިޙަށް ހިނގާ ނުލެވޭ" ސައީދު ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ކުރިމަތިވެފައިވާ ދަތިތަކަށް ޙައްލު ހޯދައިދިނުމަށް ފައިސާ ހޯދައި، ދަރަނި ކުޑަކުރުމާއި އަރަނި އިތުރުކޮށް، ތަރައްގީގެ ރޭހުގައި ރާއްޖެ ކުރިޔަށްދާނެ ގޮތެއް ރައީސް މުޢިއްޒު ހޯދައިދެއްވާނެ ކަމަށާއި އެކަންތައްތައް މެނިފެސްޓޯގައި ވެސް ހިމަނާފައިވާނެ ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!