މޭޔަރ އާދަމް ޢާޒިމް ފޮޓޯ: ނިޝަން ޢަލީ (މިހާރު)

ޢީދަކީ އެންމެން އެއްވެ އެކުވެރިކަމާއެކު އުފާ ފާޅުކުރަން އޮންނަ ދުވަހެއް: މޭޔަރ

ޢީދުގެ އުފަލުގައި އެކުވެރިކަމާއެކު އެންމެން ބައިވެރިވުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އެދިވަޑައިގެންފި އެވެ.

އީދު ދުވަހު މާލޭގައި ކުރިއަށް ގެންދާ ޙަރަކާތްތަކާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ވިދާޅުވީ، ޢީދަކީ އެންމެން އެއްވެ އެކުވެރިކަމާއެކު އުފާ ފާޅުކުރަން އޮންނަ ދުވަހެއް ކަމަށްވާތީ، މުޖުތަމަޢުގައި ހުރި މައްސަލަތައް އެއްފަރާތްކޮށް އެންމެންވެސް ޢީދުގެ އުފަލުގައި ބައިވެރިވުމަކީ އެދިވަޑައިގަންނަވާ ކަމެއްކަމުގައެވެ.

މުޖުތަމައުގައި ހުރި މައްސަލަތައް ވެސް ނައްތާލެވޭނީ އެކުވެރިކަން އާލާކޮށްގެން ކަން އޭނާ ފާހަގަކުރެއްވި އެވެ. އެފަދަ މައްސަލަތަކުން އަރައިގަތުމަށް އެންމެން އެކުގައި މަސައްކަތްކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

މިބައްދަލުވުގައި ސިޓީ ކައުންސިލުން ރާވާފައިވާ ޢީދު ފާހަގަކުރުމުގެ ކަންކަމުގެ ތަފްޞީލްތައް މޭޔަރ ދެއްވިއެވެ.

ސިޓީ ކައުންސިލުން ކުރިއަށްގެންދާ ޢީދު ޙަރަކާތްތައް

  • ހެނދުނު 7:30 ގައި: އީދު ސައި އަދި ޑަބްލިއުޑީސީއިން ކުޑަކުދިންނަށް އީދު ހަދިޔާ ބެހުން (މާލޭ އެކުވެނި ޓްރެކްގައި)
  • ހެނދުނު 9:30 ގައި:  ފެންކުޅި ކުޅުން (ރަސްފަންނުގައި)
  • ހަވީރު 4:00 ގައި:  ބޮޑުމަސް މާލި ޕެރޭޑު (އޮލިމްޕަހުން އާޓިފިޝަލް ބީޗަށް)
  • ހަވީރު 4:00 އިން 6:00 އަށް – ސަގާފީ ހިންގުމާއި ކުޅިވަރު (މާފަންނުގައި)
  • ރޭގަނޑު 8:30 ގައ: ސްޓޭޖް ޝޯ (އާޓިފިޝަލް ބީޗުގައި)
  • ރޭގަނޑު 10:30 ގައި: ހަވާ އެރުވުން (އާޓިފިޝަލް ބީޗުގައި)

ޢީދު ހަރަކާތްތައް އިންތިޒާމުކުރުމުގައި ސިޓީ ކައުންސިލާއެކު މަސައްކަތް ކުރަނީ، ލޯކަލް ގަވަމަންޓް މިނިސްޓްރީގެ އިތުރުން ސިޓީ ކަންމަތި ސްޕޯޓްސް އެންޑް ރެކްރިއޭޝަން ޖަމިއްޔާ އާއި 14 އެންޓަޓައިންމެންޓް އެވެ.

advertisement
ހިޔާލު ދެއްވާ!