ދައުލަތުން ބަދަލުގެ ގޮތުގައި 82 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓު ބުނާގޮތުން 21 މާރޗް ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ބަދަލުގެ ގޮތުގައި 82 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
މިއަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ބަދަލުގެ ގޮތުގައި މި މިންވަރަށް ދޫކުރުމުން، ދައުލަތުގެ ބަޖެޓުގައި މިއަހަރު ބަދަލުގެ ގޮތުގައި ދޭން ކަނޑައަޅާފައިވާ 101 މިލިއަން ރުފިޔާގެ ތެރެއިން ބޮޑު ބައެއް ދޫކުރެވުނީއެވެ.
ބަދަލުގެ ގޮތުގައި ދޫކުރުމަށް މިދިޔަ އަހަރުވެސް ބަޖެޓުގައި ހިމެނީ 101 މިލިއަން ރުފިޔާއެވެ. އެހެންނަމަވެސް އަހަރު ނިމުނުއިރު ބަދަލުގެ ގޮތުގައި 557 މިލިއަން ރުފިޔާ ދީފައިވާކަން ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ބަދަލުގެ ގޮތުގައި ފައިސާ ދޫކުރީ ކޮން ބަޔަކަށްކަމެއް ފިނޭންސް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.