ފިޠުރު ޒަކާތުގެ ގޮތުގައި ގޮވާމުން ލިބިފައިވާ ބައެއް ބާވަތްތައް ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މާލޭ ސިޓީގައި ގޮވާމުގެ ޒަކާތް މިއަދު ބަހަން ފަށަނީ

ފިޠުރު ޒަކާތުގެ ގޮތުގައި މާލެ ސިޓީން ބަލައިގަނެފައިވާ ގޮވާމުގެ ބާވަތްތައް މިއަދު ބަހަން ފަށާނެ ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން ބުނެފި އެވެ.

ޒަކާތު ހައުސް އިން ބުނީ މި އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި މާލެ ސިޓީން ބަލައިގަނެފައިވާ ގޮވާމުގެ ބާވަތްތައް ބެހުމުގެ މަސައްކަތް މިއަދުން ފެށިގެން އަމީނިއްޔާ ސްކޫލުގެ ހޯލުގައި ކުރިއަށްދާނެ ކަމަށެވެ.

މި ތަކެތި ބެހުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް އެކަންޏެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ގޮވާމުގެ ބާވަތްތައް ބެހުމަށް ހަމަޖެހިފައިވަނީ މިއަދާއި މާދަމާ އެކަންޏެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ގޮވާމުގެ ބާވަތްތައް ބެހުން ކުރިއަށް ދާނީ މިއަދު ހެނދުނު 11:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 8:30 އިން 10:30 އަށެވެ. މާދަމާ ތަކެތި ބެހުން ކުރިއަށް ދާނީ ހެނދުނު 11:00 އިން ހަވީރު 3:30 އަށް އަދި ރޭގަނޑު 8:30 އިން 10:30 އަށެވެ.

advertisement
ހިޔާލު ދެއްވާ!