ކަދުރު ބެހުން ކުރިޔަށްދަނީ ފޮޓޯ: މިނިސްޓްރީ

ސައުދީން ހަދިޔާކުރި ކަދުރު ގްރޭޓާރ މާލޭ އޭރިޔާގައި ބެހުން ކުރިޔަށް އެބަދޭ

1445 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސައުދީ އަރަބިއްޔާއިން ހަދިޔާކުރެއްވި ކަދުރުގެ ތެރެއިން ގްރޭޓާ މާލެ އޭރިޔާގެ ރައްޔިތުންނަށް ބެހުމަށް ހަމަޖެހިފައިވާ ކަދުރު ބެހުން އިސްލާމް މިނިސްޓްރީގައި ކުރިޔަށް އެބަދެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ބަހަން ހަމަޖެހިފައިވަނީ ކޮންމެ ގޭބީސީއަަކަށް އެއް ޕެކެޓް ކަދުރުގެ ރޭޓުން ކަމަށެވެ.

ގްރޭޓާރ މާލެ އޭރިޔާގައި ކަދުރު ދޫކުރުމަށް ހަމަޖައްސާފައިވަނީ އިސްލާމިކް މިނިސްޓްރީންނެވެ. އެގޮތުން ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އާއި ހަމައަށް ކަދުރު ދޫކުރާނެކަމުގައި މިނިސްޓްރީން ބުންޏެވެ.

މިއަދާއި މާދަމާ ކަދުރު ދޫކުރުމަށްފަހު ޢީދަށް މެދުކަނޑާލާނެއެވެ. އެއަށްފަހު އަލުން ދޫކުރަން ފަށާނީ 14 އޭޕްރީލް ގައެވެ. އެގޮތުން 14 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށް ކަދުރު ދޫކުރާނެއެވެ.

އޭގެ ފަހުން އަނެއްކާވެސް ކަދުރު ދޫކުރުން މެދުކަނޑާލުމަށްފަހު ދެން ދޫކުރުމަށް ހަމަޖެހިފައިވަނީ 23 އޭޕްރީލް އިން 25 އޭޕްރީލްގެ ނިޔަލަށެވެ. މި ދެދުވަހު ކަދުރު ދޫކުރުމަން ހަމަޖެހިފައިވަނީ ހެނދުނު 9:30 އިން މެންދުރު 12 ޖަހަންދެންނެވެ.

ސައުދީއަރަބިޔާ އާއި ރާއްޖެ ސަރުކާރާ ދެމެދު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް ސައުދީ ސަރުކާރުން ރާއްޖެއަށް ކަދުރު ހަދިޔާކުރެއެވެ. އެގޮތުގެ މަތިން މިއަހަރުވެސް ހަދިޔާ ކޮށްފައިވަނީ 50 ޓަނުގެ ކަދުރެވެ.

ގޭބިސީތަކަށް ދޫކުރާ ކަދުރާ ހަވާލުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ހިފައިގެން ދިޔުމަށް މިނިސްޓްރީން އެދެއެވެ.

advertisement
ހިޔާލު ދެއްވާ!