މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރު ޖެނެރަލް އޮފް ޒަކާތުގެ މަގާމަށް ޝައިޚް ޢިއްޒުއްދީން ޢަދްނާން އައްޔަން ކުރައްވައިފިއެވެ.
ޢިއްޒުއްދީނަކީ 2008 ވަނަ އަހަރުން ފެށިގެން އިސްލާމިކް މިނިސްޓްރީގެ އެކިއެކި މަގާމުތައް ފުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ އެންމެ ފަހުން ހުންނެވީ މިނިސްޓްރީގެ މުސާޢިދު ވާޢިޒުގެ މަގާމުގައެވެ.
ޝައިހް ޢިއްޒުއްދީން މަތީ ތަޢުލީމް ހާސިލުކުރެއްވީ ޕާކިސްތާނުގެ އިސްލާމް އާބާދުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީންނެވެ. އަދި 2016 ވަނަ އަހަރު ޝަރީޢާއިން މާސްޓަރސް ފުރިހަމަ ކުރައްވައި އޭނާ މިހާރު ގެންދަވަނީ ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގައި ޕީއެޗްޑީ ހާސިލުކުރައްވަމުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު 'ދިވެހިރާއްޖޭގެ ޒަކާތު ހައުސް' އުފެއްދެވީ 18 ޑިސެމްބަރު 2023 ގައެވެ. އެ ތަން ރަސްމީކޮށް އިފްތިތާހު ކުރީ 2 ޖެނުއަރީ 2024 ގައެވެ.