މަގުމަތި-- ފޮޓޯ: ދިޔަރެސް

ހަރޯދަ ނިމެންދެން ރަމަޟާން މަހެކޭ އެއްގޮތަށް ސަރުކާރުގެ ރަސްމީގަޑި ކަނޑައަޅައިފި

ރަމަޟާން މަސް ނިމި ކުރިއަށް އޮތް ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހު ސަރުކާރުގެ ރަސްމީ ވަގުތުތައް ސަރުކާރުން އާންމުކޮށްފިއެވެ. 

މި ހިނގާ ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހުގެ ސަރުކާރުގެ ރަސްމީ ގަޑީގެ ގޮތުގައި ކަނޑައަޅާފައިވަނީ ހެނދުނުގެ 9:00 އިން 1:00 އެވެ.

ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހުގެ ސަރުކާރުގެ ރަސްމީ ވަގުތު ރޯދަ މަހުގެ ރަސްމީ ވަގުތުގެ ގޮތުގައި ކަނޑައަޅަނީ ޝައްވާލު މަހުގައި ހިފުން ސުންނަތްކަން ގަދަވެގެންވާ ހަ ރޯދަ ހިފުމަށް ފަސޭހަ ކޮށްދިނުމުގެ ގޮތުންނެވެ.

މިގޮތަށް ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހުގެ ވަގުތުތައް އެހެން އަހަރުތަކުގައިވެސް ކަނޑައަޅައިފައިވެއެވެ.

advertisement
ހިޔާލު ދެއްވާ!