އަލިފާނުގެ ޙާދިސާ ހިނގި މ.ރަބީޢުވިލާގެ ތަޅާލަން ސަރުކާރުން ނިންމައިފި

ރޭ މާލޭގައި އަލިފާނުގެ ހާދިސާ ހިނގި މ. ރަބީއުވިލާގެ ތަޅާލުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރޭ އަލިފާނުގެ ހާދިސާ ހިނގީ ކެނެރީމަގުގައި ހުންނަ ރަބީއުވިލާގޭ ހަތަރު ވަނަ ފަންގިފިލާގައެވެ. މި ހާދިސާގައި މީހަކަށް އަނިޔާ ނުވި ނަމަވެސް އެ ގެއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

މިނިސްޓަރު އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ގެއަކީ މީހުން ދިރިނުއުޅޭތާ ގިނަ ދުވަސް ވެފައިވާ، ބޮލަށް ވެއްޓޭ ވަރަށް ބާވެފައިވާ އިމާރާތެއް ކަމަށެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އެ ގޭގައި ރޯވެފައިވާ ކަމުގެ ރިޕޯޓް ލިބުނީ ރޭ 8:19 ހާއިރުއެވެ. އެ ރިޕޯޓު ލިބުމާއެކު ފަޔާ އެންޑް ރެސްކިއު ސާވިސްއިން ގޮސް، އަލިފާން ނިއްވުމުގެ މަސައްކަތް ފެށިއެވެ. ވަރަށް ބޮޑަށް ރޯވެފައި ވަނިކޮށް އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ރޭ 9:12ހާއިރުއެވެ.

advertisement
ހިޔާލު ދެއްވާ!