ޝުޖާޢު މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް މަޑުޖެހިފައިވަނީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ކަމަށް ހިތަދޫ އުތުރު ދާއިރާއަށް ފަސްވަނަ ދައުރަކަށް ވާދަކުރައްވާ އަސްލަމް ކުރެއްވި ތުހުމަތުތަކާއި ގުޅިގެންނެވެ.
ރޭ އެމްޑީޕީން ބޭއްވި ކެމްޕޭނު ބައްދަލުވުމުގައި މިދިޔަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުވެ ވަޑައިގެންނެވި އަސްލަމް ވިދާޅުވީ ޔާމީނަށް ހުކުމްކުރުން ލަސްވާ މައްސަލަ މިއަދު ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށެވެ.
އަސްލަމް އެހެން ވިދާޅުވެފައިވާ ވީޑިއޯ ‘އެކްސް’ ގައި ރީޕޯސްޓު ކުރައްވާ ޝުޖާޢު ވިދާޅުވެފައިވަނީ އަސްލަމްއަކީ ޙުކުމް ލަސްވާ ވާހަކަ ދައްކަން އެންމެ ރަނގަޅު ބޭފުޅާ ނޫންކަމަށާއި، ރައީސް ޔާމީންގެ މައްޗައް އިއްވާފައިވާ ޙުކުމުގެ މައްސަލާގައި އަސްލަމްއާއި ވާހަކަދެއްކުމުން ރައީސް ޔާމީން އޮންނަންޖެހޭނީ ޖަލުގައި ކަމަށް ވިދާޅުވިކަމަށެވެ. އަދި ރައީސް ޔާމީން މިނިވަން ނުކުރެވޭނެކަމަށާއި، ރައީސް ޞާލިޙަށް 2 ވަނަ ދައުރެއް ލިބިއްޖެނަމަ ގެއަށް ބަދަލު ކުރެވިދާނެކަމަށް ވިދާޅުވިކަމަށެވެ.
އަސްލަމް @aslamdp ތިބޭފުޅާތީ އެންމެ ތާހިރު މީހާ ތިވާހަކަ ދައްކަން!ރައީސް ޔާމީންގެ މައްޗައް އިއްވާފައިވާ ހަރާމް ހުކުމް މައްސަލާގައި ތިބޭފުޅާ އާވެސް އަޅުގަނޑުމެން ގޮސް ވާހަކަ ދެއްކީމޭ ތިބޭފުޅާގެ ވެރިކަމުގަ.ދެއްވި ޖަވާބު ކަންފަތުގަ އެބަހުއްޓޭ ހަރުލާފަ.ތިބޭފުޅާ އެދުވަހު ވިދާޅުވީ… https://t.co/52ysSdoVfi
— Ibrahim Shujau (@IbrahimShujaau) April 13, 2024
"މިއަދުވެސް ތިބޭފުޅުންގެ އަތުގަ ބާރު އޮތީ" ޝުޖާޢު އެކްސްގައި ވިދާޅުވިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގެ ދަށުން، 04 ސެޕްޓެމްބަރު 2008 ގައި އެކުލަވާލާފައިވާ މިނިވަން މުސްތަޤިއްލު ޝަޚްޞެކެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައި ގަންނަވަނީ:
1- ރައްޔިތުންގެ މަޖިލީހުގެ ރައީސާއި،
2- ސުޕްރިމްކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން، އުއްތަމަފަނޑިޔާރު ފިޔަވައި އެކޯޓުން އިންތިޚާބުކުރައްވާ ފަނޑިޔާރަކާއި،
3- ހައިކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބުކުރައްވާ ފަނޑިޔާރަކާއި،
4- ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުތަކުން އިންތިޚާބު ކުރައްވާ ފަނޑިޔާރަކާއި،
5- ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅުއްވާ މެންބަރަކާއި،
6- އާންމުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާ ބޭފުޅަކާއި،
7- ސިވިލްސަރވިސް ކޮމިޝަނުގެ ރައީސާއި،
8- ރައީސުލްޖުމްހުރިއްޔާ ޢައްޔަން ކުރައްވާ ބޭފުޅަކާއި
9- ދަޢުލަތުގެ ބަންޑާރަނައިބާއި
10- ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރެއްވުމުގެ ހުއްދަލިބިވަޑައިގެންފައިވާ ވަކީލުންގެ ތެރެއިން، އެބޭފުޅުން އިންތިޚާބުކުރައްވާ ވަކީލެކެވެ.