މާލެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވުމުގެ ސަބަބުން 57 ގެއަކަށް ފެން ވަދެގެން ރިޕޯރޓްކޮށްފައިވާކަމަށް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން ބުނެފިއެވެ.
މެންދުރުން ފެށިގެން ގުގުރުމާއެކު ބޯކޮށްވާރޭ ވެހެން ފަށާފައިވާއިރު މާލޭގެ އެކި ސަރަހައްދުތަކުގައި ހިނގާ ބިނގާވެ އުޅެން ދަތިވާވަރަށް ވަނީ ފެންބޮޑުވެފައެވެ.
ނެޝަނަލް ޑިޒާސްޓަ މެނޭޖްމެންޓް (އެންޑީއެމް) އިން ބުނީ، ފެން ވަދެގެން ރިޕޯޓްކުރި ގެތަކުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަކު ލިބުނީ ކިހާވަރެއްގެ ގެއްލުމެއް ކަމަށް އެ އިދާރާއަކުން ނުބުނެއެވެ. ވެލި ބަސްތާ ޖެއްސުމުގެ މަސައްކަތުގައި އެމްއެންޑީއެފް އެފްއާރުއެސް އާއި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ސިފައިންގެ އިތުރުން ސިޓީ ކައުންސިލުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
މާލެ ސިޓީއަށް މިއަދު ކުރި ވިއްސާރާ ގައި މާލޭ ބޮޑު ސަރަހައްދެއްގައި ބޮޑުވި ފެންގަނޑު ހިންދަން ސިފައިން ދަނީ ޙަރަކާތްތެރިވަމުންނެވެ.
ލޯކަލް ކައުންސިލް އަދި ސިޓީސް މިނިސްޓްރީން ބުނީ މާލެ ސިޓީގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމުގެ މަސައްކަތް ސިފައިން ކުރަމުންދާ ކަމަށެވެ.
ބޯކޮށް ވާރޭ ވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، މަގުތަކުން ފެން ހިންދުމާއި އަދި ބައެއް ގެތަކަށް ފެންވަންނަމުންދާތީ، ވެލި ބަސްތާ ޖެއްސުމުގެ މަސައްކަތުގައި އެމްއެންޑީއެފް އެފްއާރުއެސްއާއި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ސިފައިން ހަރަކާތްތެރިވާން ފަށައިފި. pic.twitter.com/DjaPxBtcHT
— Maldives National Defence Force (@MNDF_Official) April 13, 2024
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެތީވެ، މިއަދު 16:15 އިން 20:15 އަށް ރީނދޫ ސަމާލު ނެރެފައިވާ ކަމަށެވެ.
މެޓުން ބުނީ ދަތުރުފަތުރު ނުކުރެވޭ ވަރަށް ކަނޑުތައް ގަދަ ނޫން ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ދުވަހު ވިއްސާރަ ވިޔަސް ވައިގަދަ ނުވާނެ ކަމަށް މެޓުން ބުންޏެވެ.
މެޓުން ލަފާކުރަނީ ދެ ދުވަސް ފަހުން ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ރަނގަޅު ވާނެ ކަމަށެވެ.