އީރާނުން އިސްރާއީލަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ.
އިސްރާއީލުގެ އޮފިޝަލުންނާ ހަވާލާދީ އިސްރާއީލުގެ ބްރޯޑްކާސްޓިން އޮތޯރިޓީން ބުނެފައިވާ ގޮތުގައި އީރާނުން ވަނީ ޑްރޯންއާއި މިސައިލް ބޭނުންކޮށްގެން އިސްރާއީލަށް ޙަމަލާތަކެއް ފޮނުވާލާފައެވެ.
އީރާނުން ޙަމަލާތައް ފަށާފައި މިވަނީ ސީރިޔާގައި ހުރި އީރާނުގެ އެމްބަސީއަށް ދެވުނު ޙަމަލާއަށްފަހު އިސްރާއީލުގެ އެމްބަސީތަކަކީ ރައްކާތެރިކަން ލިބިފައިވާ ތަންތަންކަމުގައި ބަލައިގެން ނުތިބުމަށާއި އިސްރާއީލުން ކަރުނައަޅަން ޖެހޭނެކަމަށްބުނެ އިރާނުން އިންޒާރު ދީފައިވާ ދަނޑިވަޅެއްގައެވެ.
ޓައިމްސް އޮފް އިސްރާއީލުން ބުނީ އީރާނުން ވަނީ އިސްރާއީލާ ދިމާލަށް ދަނީ ގިނަ އަދަދެއްގެ ޑްރޯންތައް ފޮނުވާލާފައި ކަމަށާއި، މިޑްރޯންތައް އިސްރާއީލަށް ފޯރަން ގަޑިއިރުތަކެއް ނަގާނެ ކަމަށެވެ.
އީރާންގެ ޝަހީދު ޑްރޯން ބޭނުން ކުރާނަމަ އިސްރާއީލަށް ފޯރަން ހަތަރު ވަރަކަށް ގަޑިއިރު ނަގާނެއެވެ.
ސީރިއާގައި ހުންނަ އީރާނުގެ އެމްބަސީއަށް މި މަހުގެ ކުރީކޮޅު ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން އީރާނުން ރައްދު ދީފާނެތީ އިސްރާއީލުން އޮތީ ވަރަށްބޮޑަށް ތައްޔާރުވެއެވެ.
އެގޮތުން ޓެލް އަވީވް ގައި ހުރި 27 ޤައުމެއްގެ އެމްބަސީ ބަންދުކޮށްފައިވާކަމަށް އިސްރާއީލުގެ މީޑިއާތަކުން ވަނީ ރިޕޯރޓްކޮށްފައެވެ.