އީރާނުން އިސްރާއީލަށް އަމާޒުކޮށް ދޭންފެށި ޙަމަލާތަކަށް ބޮޑު ތަޢުރީފެއް

އީރާނުން ޑްރޯން އާއި މިސައިލް ބޭނުން ކޮށްގެން އިސްރާއީލަށް ދޭން ފެށި ޙަމަލާތަކަށް ގިނަ ބައެއްގެ ތަޢުރީފު ލިބެމުން އެބަދެއެވެ.

މުސްލިމުންނާއި އެހެނިހެން ދީން ތަކުގެ މީހުންވެސް ވަނީ ސޯޝަލް މީޑިއާތަކުގައި އީރާނަށް ސަޕޯޓް ކޮށް ހިތްހަމަޖެހުން ފާޅުކޮށްފައެވެ. އަދި ހަލަމާތަކުގެ ވީޑިއޯ ތަކާއި ފޮޓޯތައްވެސް ދަނީ ވައިރަލް ވަމުންނެވެ. 

ގިނަ މުސްލިމުން މިޙަމަލާ ސިފަކުރަމުންދަނީ ޢީދު ހަދިޔާއެއްގެ ގޮތުގައެވެ.

އީރާނުން އިސްރާއީލަށް ޑްރޯނާއި މިސައިލުން ހަމަލާތައް ދޭން ފެށީ ސީރިއާގެ ދިމިޝްގުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އިސްރާއީލުން ދިން ޙަމަލާގައި އީރާނުގެ އިސް ކޮމާންޑަރަކާއި އިތުރު ބައެއް ސިފައިން މަރުވުމާއި ގުޅިގެން އެކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.

އީރާންގެ ފުރަތަމަ ޙަމަލާގައި އެކަނި ވެސް އިސްރާއީލަށް އަމާޒުކޮށް 331 ހަމަލާތަކެއް ފޮނުވާލައިފައެވެ.

އީރާނުން ރޭ ޑްރޯން އާއި މިސައިލް ބޭނުންކޮށްގެން އިސްރާއީލަށް ދިން ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އީރާނަށް ހަަމަލާ ނުދިނުމަށް އިސްރާއީލުންވަނީ ނިންމާފައެވެ.

އިސްރާއިލުން މިގޮތަށް ނިންމިކަން ހާމަ ކުރީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔަހޫ އެމެރިކާގެ ރައީސް ޖޯ ބައިޑެން އަށް ފޯނުން ގުޅާ ދެކުވުނު ވާހަކައިގެ ތެރޭގައި ކަަމަށް ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައި ވެއެވެ.

އީރާނުން މިޙަމަލާ ދިންއިރު، އިސްރާއީލްގެ ހައްދު ފަހަނައަޅާފައިވާ އަސްކަރިއްޔާގެ ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު މިހާރުވަނީ 33،729 އަށްވުރެ މަަތިވެފައެވެ.

advertisement
ހިޔާލު ދެއްވާ!