މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ކ. އަތޮޅުން ފެށިގެން އއ. އަތޮޅަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން މިރޭވެސް ރީންދޫ ސަމާލު ނެރެފި އެވެ.
މެޓުން ކ. އަތޮޅުން ފެށިގެން އއ. އަތޮޅަށް ރީނދޫ ސަމާލު ނެރިފައިވަނީ މިރޭ 9:15 އިން 00:30 އަށެވެ.
މެޓުން ބުނީ ބޯކޮށް ވާރޭވެހި ބާރަށް ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އިއްޔެ ހަވީރު މާލެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެކި ސަރަހައްދު ތަކުގައި ފެން ބޮޑުވެފައިވާއިރު އެމްއެންޑީއެފުން ވަނީ ފެން ހިންދުމުގެ މަސައްކަތް ކޮށްފަ އެވެ.
އަދި ބައެއް ގެތަކަށް ފެން ވަންނާތީ ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ވެސް އެމްއެންޑީއެފް އެފްއާރުއެސް އާއި މާލެ އޭރިއާ ކޮމާންޑުގެ ސިފައިން ކޮށްފައިވެއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރ އިން ވަނީ ރޭ ކުރި ވިއްސާރާގައި މާލޭގެ 57 ތަނެއްގައި ފެން ބޮޑުވެގެން ނޭޝަނަލް އެ ސެންޓަރަށް ރިޕޯރޓްކޮށްފަ އެވެ.
މިރޭވެސް ރާއްޖޭ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓުން އެދިފައިވެ އެވެ.