ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ޢައްޔަންކުރެއްވި މެމްބަރުން މަޤާމުގެ ހުވާކުރެއްވުން... ފޮޓޯ:ރައިސް އޮފީސް

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މެމްބަރުން ޢައްޔަންކުރައްވައިފި

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމާއި ރައީސާއި ނައިބު ރައީސްކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ބޭފުޅުން އައްޔަންކުރައްވައިފި އެވެ.

މިބޭފުޅުން މަގާމަށް އައްޔަން ކުރެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށާއި ރައީސްކަމުގެ މަގާމަށް ޢައްޔަންކުރެއްވީ ޏ. ފުވައްމުލައް، ދަޑިމަގު. ގްލޯރީގެ އަލްއުސްތާޒް އިސްޙާޤު ޙުސައިން އެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށާއި ނައިބު ރައީސްކަމަށް އައްޔަންކުރައްވާފައި ވަނީ ޅ. ހިންނަވަރު، ހިޔާވަހި އަލްއުސްތާޒާ ފާތިމަތު މަހީރާ މުހައްމަދެވެ.

ޓްރައިބިއުނަލްގެ މެންބަރު ކަމަށް ޢައްޔަންކުރައްވާފައިވަނީ ހުޅުމާލެ ހިޔާ 04-21-8 އަލްއުސްތާޒާ ޝަހީމާ ސަލީމާއި ގއ. ގެމަނަފުށި، ފެހިކުރި އަލްއުސްތާޒާ އިޝާރާ ޢަބްދުލްއަޒީޒު އަދި ދަފްތަރު. ނަންބަރު ދރ 265 އަލްއުސްތާޒާ ސައުސަން އަލީ އެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައިލާދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޒް ޢަލީ ރަޝީދު ހުސައިނެވެ.

advertisement
ހިޔާލު ދެއްވާ!