ޙަސަން ޒަކަރިއްޔާއަށް މަޤާމުގެ ލިޔުން ޙަވާލުކުރައްވަނީ.. ފޮޓޯ: ރައީސް އޮފީސް

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ހަސަން ޒަކަރިއްޔާ ޢައްޔަންކުރައްވައިފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް ހަސަން ޒަކަރިއްޔާ ޢައްޔަންކުރައްވައިފި އެވެ.

އީސީގެ މެންބަރު ކަމަށް ހަސަން ޢައްޔަންކުރައްވީ އެކަމަށްޓަކައި މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. އެރަސްމިއްޔާތުގައި ރައީސް ވަނީ އޭނާއަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ލިޔުން ހަވާލު ކުރެއްވުމުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޒު ޢަލީ ރަޝީދު ހުސައިންގެ ކުރިފުޅުމަތީގައި، ހަސަން ޒަކަރިއްޔާ ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ކުރައްވާ ހުވާގެ އިގުރާރުގައި ސޮއި ކުރައްވާފަ އެވެ.

އީސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވުމުގެ ކުރިން ހަސަން ޒަކަރިއްޔާ ހުންނެވީ އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގަ އެވެ.

އީސީގެ މެންބަރު ކަމަށް ހަސަން ޒަކަރިއްޔާ އައްޔަންކުރުމަށް މަޖިލީހުން ފާސްކުރީ މިމަހުގެ އެއްވަނަ ދުވަހު އެވެ.

advertisement
ހިޔާލު ދެއްވާ!