ޤަޠަރުގެ ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އަައްޘާނީ

ސަރަހައްދީ މަސްލަހަތަށް ބެލުމެއް ނެތި އިޒުރޭލުން އަސްކަރީ ބާރު ބޭނުންކުރުމަކީ ޒިންމާދާރުކަންކުޑަ ޢަމަލެއް: ޤަޠަރު

ސަރަހައްދީ މަސްލަހަތަށް ބެލުމެއް ނެތި އިޒުރޭލުން އަސްކަރީ ބާރު ބޭނުންކުރުމަކީ ޒިންމާދާރުކަންކުޑަ ކަމެއްކަމަށް ގަތަރުން ބުނެފިއެވެ.

އީރާންގެ ޚާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުއް ލަހްޔާންއަށް ފޯނުން ގުޅުއްވައި ޤަޠަރުގެ ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އަައްޘާނީ ވަނީ އިޒްރޭލުން ސަރަޙައްދީ މަސްލަޙަތަށް އެއްވެސް މިންވަރަކަށް ރިޢާޔަތް ނުކުރާކަމަށް ވިދާޅުވެފައެވެ.

ވަޒީރު މުޙައްމަދު ވިދާޅުވި ގޮތުގައި ސަރަޙައްދީ މަސްލަހަތު ހަތިޔާރުގެ ބޭނުންކޮށްގެން ދެމެހެއްޓޭނެ ކަމަށް އެއްވެސް ބަޔަކު ގަބޫލުކުރުމަކީ ގޯހެކެވެ. އެގޮތުން އިޒުރޭލު އަތުގައި ކިތަންމެ ވަރުގަދަ އަސްކަރީ ބާރެއް އޮތް ނަމަވެސް އެބާރުގެ ބޭނުން ޞައްޙަ ގޮތުގައި ހިފުން ކޮންމެހެންވެސް ލާޒިމުކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އީރާންގެ ޚާރިޖީ ވަޒީރު ވިދާޅުވީ ހުރިހާ ގޯހެއްވެސް ހަދަނީ ޒަޔަނިސްޓު ޞަޙްޔޫނީ ސަރުކާރުން ކަމަށެވެ. އިޒްރޭލުން އީރާނާ ތޮޅެއް އުޅޭތާ ލައްކަ ޒަމާންވެއްޖެ ކަމަށް ވެސް ވަޒީރު ޙުސައިން ވަނީ ވިދާޅުވެފައެވެ.

އަމީރު ވިދާޅުވިގޮތުގައި މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ނުފެށި އޮތީވެސް އީރާންގެ ސަބަބުންނެވެ. އެގޮތުން އިޒުރޭލުން އީރާނަށް ދޭ ކޮންމެ ހަމަލާއަކަށް އީރާނުން ބަދަލުހިފާނަމަ މިހާރު މިއޮތްގޮތަށް ސަރަޙައްދުގެ މަސްލަޙަތު ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހުސައިން އަމީރު ވިދާޅުވީ އިޒުރޭލަށް ދިން ހަމަލާތަކަކީ ހަމަ ކިރިޔަކިރިޔާ ފުދޭވަރު ކަމަށެވެ. އެގޮތުން އީރާނުގައި ހުރި ބާރުގަދަ ހަތިޔާރު ބޭނުންކޮށްފައި ނުވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އިޒުރޭލަށް ބޮޑު ގެއްލުމެއް ދިނުމަކީ އީރާންގެ ވިސްނުމެއް ނޫން ކަމަށާއި، އީރާނުން ދައްކަން ބޭނުންވީ ހިމޭނުން އޮންނަނީ ކަމެއް ނުކުރެވިގެން ނޫންކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޤަޠަރުގެ ޚާރިޖީ ވަޒީރު ވަނީ މަސްލަހަތު އިސްކުރުމަށް އެދިވަޑައިގެންފަ އެވެ. އަދި ކެތްތެރިކަމާއި ސަރަހައްދީ އެކުވެެރިކަން ދެމެހެއްޓުމަށް ވެސް އެދިވަޑައިގަތެވެ.

advertisement
ހިޔާލު ދެއްވާ!