ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ބައެއް ދާއިރާތަކުގެ ވޮޓު ފޮށި ބަހައްޓާ ސަރަޙައްދަށް ބަދަލު ގެނެސްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ގެޒެޓްގައި ޝާއިޢުކޮށްފައިވާ ލިޔުމުގައި ވާގޮތުން މަޖިލިސް އިންތިޚާބުގައި ބެހެއްޓުމަށް ނިންމާފައިވާ 602 ވޯޓުފޮށީގެ ތެރެއިން 8 ފޮށްޓެއް ބަހައްޓާ ސަރަޙައްދަށް ވަނީ ބަދަލު އައިސްފައެވެ.
އެބަދަލު ގެނައީ ވޯޓުލާން ދާ މީހުންނަށް ފަސޭހަކޮށްދިނުމާ އެކު ތޮއްޖެހުން ކުޑަކުރަން ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
ވޯޓު ފޮށި ބަހައްޓާ ސަރަހައްދުތަކަށް އައި ބަދަލުތައް:
ނ. ވެލިދޫ-1 – ނ. ވެލިދޫ، ނ. އަތޮޅު ތައުލީމީ މަރުކަޒުގެ ޑީ ބްލޮކް އިމާރާތް
ތ. ގުރައިދޫ-1 – ތ. ގުރައިދޫ، ތ. އަތޮޅު މަދަރުސާގެ ލައިބްރަރީ
ތ. ގުރައިދޫ-2 – ތ. ގުރައިދޫ، ތ. އަތޮޅު މަދަރުސާގެ އޭވީ ރޫމް
ތ. ތިމަރަފުށި-1 – ތ. ތިމަރަފުށި، ތ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މަލްޓިޕާޕަސް ހޯލް
ގަލޮޅު ދެކުނު-5 – މާލެ، އިމާދުއްދީން ސްކޫލް ކްލާސްރޫމް 8 ބީޓެކް
ރ. އަތޮޅު، މާލެ-2 – އިސްކަންދަރު ސްކޫލްގެ ކްލާސް ރޫމް 3B
ދ. އަތޮޅު، މާލެ-1 – މާލެ، މޯލްޑިވްސް ޕޮލިޓެކްނިކްގެ ކޮމްޕައުންޑް އޭރިއާ
ލ. އަތޮޅު، މާލެ-5 – މާލެ، ރިހިޖެހިކޮށި އިމާރާތުގެ ގްރައުންޑް ފްލޯގަ އޮންނަ ހުސް ޖާގަ
ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި މާލެ ސަރަހައްދުގައި 241 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވެ އެވެ. އެއީ މާލޭގައި 181 ފޮއްޓާއި ހުޅުމާލޭގައި 51 ފޮށި އަދި ވިލިމާލޭގައި 9 ވޯޓު ފޮށްޓެވެ.
މަޖިލިސް އިންތިޚާބުގައި އަތޮޅުތަކުގައި 319 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު ރާއްޖޭން ބޭރުގައި ތިން ވޯޓު ފޮށްޓާއި ރިސޯޓުތަކުގައި 34 ވޯޓު ފޮށި އަދި ޖަލުތަކުގައި 5 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ.