އެމްޑީޕީގެ ބައްދަލުވުމުގައި ރައީސް ޞާލިޙު

20 ވަނަ ރައްޔިތުންގެ މަޖްލީހުގެ މެޖޯރިޓީ ސަރުކާރަށް ދީފިނަމަ ރައްޔިތުން އަޅުވެތިކުރާނެ: ރައީސް ޞާލިޙު

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ދީފިނަމަ ރައްޔިތުން އަޅުވެތިކުރާނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ތުހުމަތުކުރައްވައިފިއެވެ.

ޅ. ހިންނަވަރުގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައިހުޅުމާލެ ދާއިރާގެ މިހާރުގެ މެމްބަރު އަދި ރައީސް ޞާލިހުގެ ކޮއްކޮ އަލީ ނިޔާޒަށް ކެމްޕެއިންކުރަން ކުރެންދޫގައި އިއްޔެ ބޭއްވި ޖަލްސާއެއްގައި އެމަނިކުފާނު ވިދާޅުވީ މަޖިލީހަށް ކުރާ ކެމްޕެއިނުގައި ސަރުކާރުން ދަނީ ދައުލަތުގެ ވަސީލަތްތަކާއި ނުފޫޒު ބޭނުންކުރަމުން ކަމަށެވެ.

އެޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ ރައްޔިތުންނަށް ހެޔޮ އެދިގެން އައި ސަރުކާރަކުން ރައްޔިތުންނާމެދު ނާއިންސާފުން ކަންތައް ކުރަމުންދާ ކަމަށާއި ސަރުކާރު ހަމަ މަގުން ނައްޓާފައިވާ ކަމަށެވެ. ދޮގު ހަދާ ރައްޔިތުންނަށް އޮޅުވާލުން ނޫން ކަމެއް މިސަރުކާރުން ނުކުރާ ކަމަށްވެސް ޞާލިހު ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުގައި ޞާލިޙު ދެއްކެވީ ސަރުކާރު ހިންގާ ޕީއެންސީއަށް ތާއީދުކުރާ މީހުންގެ ގޭގެެއަށް ނޫނީ ކަރަންޓް ނުދޭން އެޕާޓީގެ ޖަލްސާއެއްގައި ގޮވައިލި ގޮވައިލުމާއި ކުންފުނިތަކުން މީހުންނަށް ފިޔަވަޅު އަޅަން ގޮވައިލުމެވެ.

“ކުންފުނިތަކުގެ ވެރިންނަށް މިއަންގަނީ ތިމަންނަމެންނާ އެކީގައި މަސައްކަތްކުރަން އަންގާށޭ. ނުކޮށްފިއްޔާ އަޅަންޖެހޭ ފިޔަވަޅު އަޅާށޭ. ވަކިކުރާށޭ. ދެން އަނެއްކާ ދިއްދޫގައި ހަމަ އެބޭފުޅުން ކެމްޕެއިންގައި އެ ގޮވާލީ. ކަރަންޓަކީ ދޭންވާނެ އެއްޗެއް. އެއީ އަސާސީ ޚިދުމަތެއް. ތިމަންނަމެންނަށް ވޯޓު ދޭ މީހުންނަށް އެކަންޏޭ ކަރަންޓް ދޭންވާނީ. މިފަދަ ބަޔަކު ވެރިކަމުގައި ބައިތިއްބަން ހެޔޮނުވާނެ. އެފަދަ ދުއްތުރާ ކުރާކަށް ނުވާނެ. އަޅުގަނޑު ބޭނުމެއް ނޫން މިހެން ބުނާކަށް. އެކަމަކު ވީހާވެސް އަވަހަށް ކުރަންވީ ކަމަކީ މިބޭފުޅުން މިކަމުން ދުރުކުރުން. އެހެންނޫންނަމަ އަޅުގަނޑުމެންނަށް އޮތީ ވަރަށް ނާމާން ދުވަސްވަތެއް.” ޞާލިހު ވިދާޅުވިއެވެ.

ސޯލިހު ވިދާޅުވީ މިއިންޒާރުތަކާއެކުވެސް އެމްޑީޕީގެ ކެމްޕެއިނުގައި މީހުން ބައިވެރިވަމުން އަންނަ ކަމަށެވެ. ޞާލިޙު ވަނީ ނުފޫޒަށް ބެލުމެއް ނެތި އެމްޑީޕީއާ އެކު ނުކުތުމަށް ކުރެންދޫގެ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

"ވަރަށް ބޮޑު ގުރުބާނީއެއް އެވަނީ. މާދަމާ ވެސް ވަޒީފާއިން ވަކިކޮށްފާނެ، މަގުމަތިވެދާނެ ކަމުގެ ބިރު ވެސް އެބަ އޮތް، އެހެން ނަމަވެސް މި ރާއްޖެ ހަމަމަގަށް އެޅުވުމަށް ބޭނުންވެފައި ތިބި މިންވަރު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ،" ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ މިހާރަށް ވުރެ ދަތި އުނދަގުލުގައި ރައްޔިތުން އުޅެންޖެހޭނެއެވެ.

"ވަޒީފާ އެއް ވެސް ސަރުކާރަށް ތާއީދުކުރާ މީހަކަށް [ނޫނީ] ނުލިބޭނެ. އަޅުންގެ ގޮތުގައި ތިބޭނީ، އަޅުވެތި ކުުރުމުގެ ދިމާޔަކަށް މިދަނީ،" ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ 2019 ވަނަ އަހަރު ބޭއްވުނު މަޖިލިސް އިންތިޚާބުގައި އެމަނިކުފާނުގެ ވެރިކަމުގައި މުވައްޒަފުން ވަޒީފާއިން ވަކިކޮށް ވަޒީފާގެ ބިރު ދައްކާފައި ނުވާނެކަމަށާއި މިހާރު މަންޒަރު ތަފާތު ކަމަށެވެ. އެމްޑީޕީން އަބަދުވެސް މަސައްކަތްކުރަނީ އެކަން ބަދަލުކުރަން ކަމަށާއި އަޅުވެތިކުރުމަކީ އެމްޑީޕީގެ ސިޔާސަތެއް ނޫން ކަމަށް ޞާލިޙު ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!