ބްރިޖު ސަރަޙައްދުގައި ބިލްބޯޑުތައް ހަރުކޮށްފައި... ފޮޓޯ: ސަން

މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން މަގުމަތީގައި ބަހައްޓާފައިހުރި ބިލްބޯޑުތައް އެބަވެއްޓޭ: ފުލުހުން 

މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން މަގުމަތީގައި ބަހައްޓާފައި ހުރި ބިލްބޯޑުތައް ވެއްޓޭތީ ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

އެކްސްގައި ފުލުހުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މޫސުން ގޯސްވެ ވައި ގަދަވުމުގެ ސަބަބުން ބައެއް ކެމްޕެއިން ބިލްބޯޑް ވެއްޓުމުގެ ހާދިސާތައް ދަނީ ހިނގަމުން އަންނަކަމަށާއި، ވައިގަދަ ވަގުތުތަކުގައި މަގުމަތި ބޭނުންކުރައްވާއިރު މިކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.

ފުލުހުން އިތުރަށްބުނެފައިވަނީ މަގުތަކުގެ އެއްފަރާތުގައި ބަހައްޓާފައިހުރި ބިލްބޯޑް ތަކަކީ ރައްކާތެރި ގޮތުގައި ރަނގަޅަށް ހަރުކޮށްފައި ހުރި އެއްޗެހިކަން ކަށަވަރު ކުރުމަށް އެތަކެތި ބަހައްޓާފައިވާ ފަރާތްތަކަށް އެ މުއައްސަސާއިން މިހާރު އަންގާފައިވާކަމަށެވެ.

20 ވަނަ ރައްޔިތުންގެ މަޖްލީހުގެ އިންތިޚާބާ ދިމާކޮށް މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ކެމްޕޭން ޕޯސްޓަރުތައް ވަނީ ހަރުކޮށްފައެވެ.

advertisement
ހިޔާލު ދެއްވާ!