ހަނިމާދޫ އެއަރޕޯރޓުގއި ފްލައިޓެއް... ފޮޓޯ: ރީޖަނަލް އެއަރޕޯރޓްސް

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓުން އިންޓަރނޭޝަނަލް ދަތުރުތައް އަލުން ފަށައިފި

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓުން އިންޓަރނޭޝަނަލް ދަތުރުތައް އަލުން ފަށައިފިއެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް)ގެ ދަށުން އޮޕަރޭޓްކުރާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އިންޓަރނޭޝަނަލް ދަތުރުތައް ފަށާފައި މިވަނީ އެއް އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހުއެވެ.

ހަނިމާދޫ އެއާޕޯޓުގެ އިންޓަނޭޝަނަލް ދަތުރުތަކަށް މެދުކަނޑާލަން ޖެހުނީ އެއާޕޯޓު ތަރައްގީކުރުމަށް ފެށި ޕްރޮޖެކްޓު އަވަހަށް ނިންމުމަށްޓަކައި، އެ ތަން އޮޕަރޭޓްކުރާ ގަޑިތަކަށް ގެނައި ބަދަލުތަކުގެ ސަބަބުންނެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ ޕްރޮޖެކްޓުގެ ދަށުން އެ ތަނުގައި އަޅާމުންދާ 2،465 މީޓަރުގެ އާ ރަންވޭގެ 1،200 މީޓަރުގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. އަދި މިދިޔަ ހުކުރު ދުވަހު އާ ރަންވޭގެ ނިމުނު ބައި ރަސްމީކޮށް ވަނީ ހުޅުވައިފަ އެވެ.

އިންޓަނޭޝަނަލް ފްލައިޓް އޮޕަރޭޝަން އަލުން ފެށުމާއެކު ކޮންމެ ހުކުރު އަދި ހޯމަ ދުވަހަކު ދަތުރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އާރްއޭސީއެލް އިން ބުނީ އާ ރަންވޭގެ މަސައްކަތް އެއްކޮށް ފުރިހަމަކޮށް މިމަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!