އެގޮތުން ރޭ ފަތިހުން ފެށިގެން އއ، އދ، ވ، މ، ފ އަދި ދ. އަތޮޅުގެ ރަށްތަކަށް ކަނޑުމަގުން ވަނީ ވޯޓު ކަރުދާހާއި ބައެއް އިދާރީ ތަކެތި ފޮނުވަން ފަށާފަ އެވެ. އަދި ތ، ލ، ގއ، ގދ. ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށް ފޮނުވަންޖެހޭ ތަކެތި މިއަދު ވަނީ ވައިގެ މަގުން ފޮނުވަން ފަށާފަ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ މިއަދު ކަނޑު މަގުންނާއި ވައިގެ މަގުން ފޮނުވި ތަކެތި މިއަދު ހަވީރު 5:30 އަށް އެ އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްތަކަށް ލިބޭނެ ކަމަށެވެ.
ވޯޓުލުމަށް ބޭނުންވާ ސާމާނާއި އިދާރީ ބައެއް ތަކެތި ހއ، ހދ، ށ، ނ، ރ، ބ އަދި ޅ. އަތޮޅުގެ ވެރިކަން ކުރާ ރަށްތަކަށް ފޮނުވުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ.
އީސީ އިން ބުނީ ވޯޓުލުމަށް ބޭނުންވާނެ ހުރިހާ ސާމާނެއް ކުރިއަށް އޮތް ހުކުރު ދުވަހުގެ މެންދުރާ ހަމައަށް އަތޮޅު ތެރޭގެ ހުރިހާ ވޯޓުލާ މަރުކަަޒަކަށް ލިބޭނެ ކަމަށެވެ. އަދި މިމަހުގެ 20 ވަނަ ދުވަހުގެ ސިނާއީ ރަށްތަކާއި ރިސޯޓްތަކާއި ރާއްޖެއަށް ބޭރަށް ފޮނުވަންޖެހޭ ތަކެތި ފޮނުވާނެ ކަމަށްވެސް އީސީ އިން ބުންޏެވެ.
އިންތިހާބީ މަރުކަޒުތަކަށް ބޭނުންވާ އިދާރީ ތަކެތި ފޮނުވަމުންދަނީ ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.
މަޖިލިސް އިންތިހާބުގައި ޖުމްލަ 602 ވޯޓު ފޮށި ބަހައްޓާއިރު މި އިންތިހާބުގައި 368 ކެންޑިޑޭޓުން ވާދަކުރެ އެވެ.
އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 284،663 މީހުންނަށެވެ.