Shaheem
އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް

އިސްލާމިކް މިނިސްޓްރީން ކުރިޔަށްގެންދާ "ރިސާލަތު" ގެ 389 ޕްރޮގްރާމް ހިންގައިފި

އިސްލާމްދީނުގެ މައިގަނޑު ރުކުންތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ "އިސްލާމީ ރިސާލަތު" ޕްރޮގްރާމްގެ 389 ޕްރޮގްރާމް 14 އޭޕްރީލްގެ ނިޔަލަށް ކުރިޔަށް ގެންދެވިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެމިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައިވާ ގޮތުން، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ރިސާލަތު ޕްރޮގްރާމްގެ 389 ޕްރޮގްރާމް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

އޭގެތެރޭގައި ހިމެނެނީ އަތޮޅުތެރޭގެ ރަށްތަކުގައި 258 ޕްރޮގްރާމާއި، މާލޭގެ ސްކޫލްތަކުގައި 82 ޕްރޮގްރާމާއި، ޔުނިވަރސިޓީތަކުގައި 3 ޕްރޮގްރާމާއި، މުއައްސަސާތަކަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔަ 24 ޕްރޮގްރާމާއި، ޖަލާއި ރިހެބްގައި އޮތް 7 ޕްރޮގްރާމާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ހިންގި 5 ޕްރޮގްރާމާއި، ވީޑިޔޯ ދަރުހުގެ ގޮތުގައި 5 ޕްރޮގްރާމާއި، 5 ހުކުރު ޚުޠުބާއެވެ.

"ރިސާލާތު" ޕްރޮގްރާމަކީ ދިވެހި ރައްޔިތުންގެ ހިތްތަކުގައި އިސްލާމްކަމާއި އީމާންކަމުގެ ރުކުންތައް ހަރުދަނާކޮށް ޢަޤީދާ ވަރުގަދަކުރުމާއެކު އިސްލާމްދީނުގެ މައިގަނޑު ރުކުންތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާކުރުމުގެ ބޭނުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި ޝަހާދަތުގެ ދެކަލިމަ، ނަމާދު، ޒާކާތް، ރޯދަ، ޙައްޖު، މާތް ﷲ އަށް އީމާންވުން، މަލާއިކަތުންނަށް އީމާންވުން، ފޮތްތަކަށް އީމާންވުން، ރަސޫލު ބޭކަލުންނަށް އީމާންވުން އަދި އިޙްސާންކަމުގެ މުހިއްމު ފިލާވަޅުތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ.

ކުރިއަށް ގެންދަވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.

"އިސްލާމީ ރިސާލަތު" ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވަނީ މި ޕްރޮގްރާމަކީ އިސްލާމީ ސައްޙަ އަޤީދާގެ މައްޗަށް ޒުވާނުންނާއި މުޖުތަމައުގެ އެންމެހާ ރައްޔިތުން ތަރުބިއްޔަތު ކުރުުމުގެ ގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދަވާ ޕްރޮގްރާމެއްކަމަށެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރައިން ވިދާޅުވީ، މި ޕްރޮގްރާމްގެ ސަަބަބުން އިސްލާމްދީނަށް ލޯބިކުރާ ހަރުދަނާ ޖީލެއް އުފެދިގެން ދިއުމާއި ފަރުޞު 5 ނަމާދަށް ސަމާލުކަންދީ ޖަމާއަތްތަކުގައި ނަމާދުކުރާ މުޖުތަމަޢުއެއް ބިނާ ކުރުމަކީ ހާސިލްކުރަން ބޭނުންވާކަމެއްކަމަށެވެ. ޝަހީމް ވިދާޅުވީ ކުރިއަށް އޮތް 4 އަހަރުވެސް، އިސްލާމްދީނުގެ މައިގަނޑު ރުކުންތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާކުރުމަށް ކުރިއަށްގެންދާ "އިސްލާމީ ރިސާލަތު" ޕްރޮގްރާމް ކުރިއަށް ގެންދަވާނެކަމަށެވެ.

advertisement
ހިޔާލު ދެއްވާ!