އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުވެފައިވާ ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 33،899 އަށް އަރައިފިއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ހަމަލާތަކުގައި މިހާތަނަށް 33،899 ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ.
އޭގެ ތެރޭގައި 13،800 އަށް ވުރެ ގިނަ ކުޑަކުދިންނާއި 8،000 އަށް ވުރެ ގިނަ ރައްޔިތުން ވަނީ ގެއްލިފައި ކަމަށްވެސް މަޢުލޫމާތު ދެއެވެ.
މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ 56 މީހަކު ޝަހީދުވެ، 89 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
އިޒްރޭލުގެ ހަމަލާތަކުގައި ބިމާއި ހަމަވެފައިވާ އިމާރާތްތަކުގެ ދަށުގައި އެތައް ހާސް ބައެއްގެ ހަށިގަނޑު ވަޅުލެވިފައިވުމުން ޝަހީދުވި މީހުންގެ އަދަދު މިއަށްވުރެ އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ ކުރިން ޔަހޫދީންގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ ދުނިޔޭގެ އެހެން ގައުމުތަކުގެ ފިއްތުންތަކަށް ނުބަލާނެ ކަމަށެވެ.
އަދި އިނގިރޭސިވިލާތާއި ޖަރުމަނުވިލާތުގެ ހާރިޖީ ވަޒީރުން ވަނީ އިރާނަށް ހަމަލާދިނުމުގެ މައްސަލާގައި އޭނާއާއި ވާހަކަ ދައްކާފައި ކަމަށާއި ދެ ގައުމުން ވެސް އެދުނީ މަސްލަހަތު އިތުރަށް ހޫނު ނުކުރުމަށް ކަމަށެވެ.