ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ނާއިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފު... ފޮޓޯ: ދައުރު

ރައީސް ޑރ. މުޢިއްޒު އަކީ އިޚްލާޞްތެރި ވެރިއެއް: ނާއިބު ރައީސް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަކީ އިޚްލާސްތެރި ވެރިއެއް ކަމަށާއި މިފަދަ ވެރިން މަދުން ނޫނީ ނުލިބޭނެ ކަމަށް ނާއިބު ރައީސް ހުސައިން މުޙައްމަދު ލަޠީފު (ސެމްބެ) ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ކެމްޕޭނު ޖަލްސާއެއްގައި ރޭ ވާހަަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރައީސް މުޢިއްޒަކީ އިޚްލާސްތެރި ތެދުވެރި ބޭފުޅެއް ކަމަށާއި ޙިކުމަތްތެރި ސިޔާސީ ވަރުގަދަ ލީޑަރެއް ކަމަށެވެ.

އަދި ރައީސް ޑރ. މުއިއްޒު އަކީ ދެގޮތެއްނުވާނޭ ލީޑަރެއް ކަމަށާއި އިންތިޚާބަށް ހޮވުމަށް ފަހުގައިވެސް ރައްޔިތުން ދޫކޮށްނުލާ ކަމަށް ސެމްބެ ވިދާޅުވިއެވެ.

ނާއިބު ރައީސް ވިދާޅުވީ ރައީސް ކޮންމެ ދުވަހަކުވެސް ރައްޔިތުން ބޭނުންވާ ކަންތައްތައް ބަލައި އެކަންތައްތައް އަވަސްކޮށްދެއްވުމަށް އެދިލައްވާ ކަމަށާއި ރައްޔިތުންނާ ގުޅުން ހުރި ކަންތައްތަކުގައި ވީހާވެސް ލުއި ގޮތްތައް ހޯދައިދީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި އެމަނިކުފާނު ދެގޮތެއްނުވެ ހުންނަވާ ކަމަށެވެ.

އެހެންކަމުން އެފަދަ އިޚްލާސްތެރި، ތެދުވެރި އަދި ކެރޭ ވެރިޔަކު ރައްޔިތުންނަށް މަދުން ނޫނީ ނުލިބޭނެ ކަމަށްވެސް ސެމްބެ ވިދާޅުވިއެވެ.

މިފަދަ ވެރިޔަކު ގައުމު ހިންގަން ޙަވާލުވެ ހުންނެވިއިރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމަނިކުފާނަށް ލިބުން ވަރަށް މުހިންމު ކަމަށް ސެމްބެ ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!