ރޭސިންގ އާއި ޑްރިފްޓް ސްޕޯޓްސް އެރީނާ ތަރައްގީ ކުރުމަށް އެއްބަސްވުމުގެ ތެރެއިން - ފޮޓޯ: އެޗްޑީސީ

ރޭސިންގ އާއި ޑްރިފްޓް ސްޕޯޓްސް އެރީނާއެއް ތަރައްގީކުރަނީ

ރޭސިންގ އަދި ޑްރިފްޓް ސްޕޯޓްސް އެރީނާއެއް ތަރައްގީކުރުމަށް މިނިސްޓްރީ އޮފް ސްޕޯރޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަން އާއި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އަބްދުﷲ ރާފިއުއެވެ. އަދި އެޗްޑީސީ ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ.

އެޗްޑީސީއިން ބުނީ، ރޭސިންގ އާއި ޑްރިފްޓް ސްޕޯޓްސް އެރީނާއެއް ތަރައްގީކުރުމަކީ، ސަރުކާރުން ތަފާތު ކުޅިވަރުތައް ކުރިއެރުވުމަށް ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަޝަރޫއެއް ކަމަށެވެ. އަދި މޮޓޯރ ސްޕޯރޓްސްއަށް އެކަށޭނެ ސަރަހައްދެއް ތަރައްގީކުރެވިފައި ނުވާތީ ދިމާވާ ދަތިތަކަށް މި މަޝްރޫއުގެ ސަބަބުން ޙައްލު ލިބިގެންދާނެ ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!