އދ. ދަނގެތި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު މަސައްކަތު ސައިޓަށް ގެންގޮސްފިއެވެ.
މި މަޝްރޫއުގެ ދަށުން 69،500 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި 33،600 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި 7،800 ކިއުބިކް މީޓަރުގެ ފަތާ ސަރަހައްދެއް ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ.
އޭގެ އިތުރުން 675 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 389 މިޓަރުގެ އެއްގަމު ތޮށި ލުމާއި 35 މީޓަރު ދިގު 6 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ކޮންކްރީޓް ރޭމްޕެއް އެޅުމާއި 3،052 އަކަ މީޓަރުގެ ޕޭވްމެންޓް ހެދުމާއި މަގު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުން ހިމެނެއެވެ.
އެ މަޝްރޫއުގެ އަގަކީ 71.16 މިލިއަން ރުފިޔާއެވެ. ދަނގެތީ ބަނދަރު ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 6 ވަނަ ދުވަހުއެވެ.