މިހާރު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މެންދުރު 12 ޖެހުމާ ހަމައަށް 99324 މީހުން ވޯޓުލައިފިއެވެ.
އީސީން އެކްސްގައި ހާމަކޮށްފައިވާ ތަފާސް ހިސާބުން ދައްކާގޮތުގައި މިއިންތިޚާބުގައި 99324 މީހުން ވަނީ މެންދުރު 12 ޖެހުމާއި ހަމައަށް ވޯޓުލާފައެވެ. އެއީ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން 32.75 ޕަސެންޓް މީހުންނެވެ.
އީސީން މަޢުލޫމާތުދޭ ގޮތުގައި ވޯޓުލުން ކުރިޔަށްދާނީ މިއަދު ހެނދުނު 8:00 އިން ހަވީރު 5:30 އާ ހަމައަށެވެ. އަދި ވޯޓުލާ ވަގުތު އިތުރު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ބުނެފައެވެ. ރާއްޖޭގެ އިތުރުން ބޭރުގެ ތިން ގައުމެއްގައި ވޯޓުލުން ކުރިއަށް އެބަދެއެވެ.
މަޖިލިސް އިންތިޚާބުގައި ޖުމްލަ 602 ވޯޓު ފޮށި ބަހައްޓާފައިވާއިރު މި އިންތިޚާބުގައި 368 ކެންޑިޑޭޓުން ވާދަކުރެ އެވެ. ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 284،663 މީހުންނަށެވެ. މީގެ ތެރޭގައި ހިމެނެނީ 139،361 އަންހެނުންނާއި 145،302 ފިރިހެނުންނެވެ.