ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު.. ފޮޓޯ: ރައީސް އޮފީސް

ރަސްދޫއާއި ތޮއްޑޫގެ އިޚުތިޞާޞުގެ ތެރެއަށް އެ އަތޮޅުގެ ފަޅަކުން ބައެއް ހަމަޖައްސައިދީފި

އއ.އަތޮޅުގެ ބޮޑު ފަޅަކުން އެ އަތޮޅުގެ ތޮއްޑޫއާއި ރަސްދޫގެ އިޚުތިޞާޞުގެ ތެރެއަށް ބިން ހަމަޖައްސައިދީފިއެވެ.

ތޮއްޑޫއާއި ރަސްދޫގެ އިޚުތިޞާާޞުގެ ތެރެއަށް ބިން ހަމަޖައްސައިދިނީ ރަސްދޫގެ އުތުރުން އޮންނަ ކޯޑު ނަންބަރު RF2296 ފަޅުންނެވެ. އެފަޅުން ކޮންމެ ރަށަކަށް 200 ހެކްޓަރު ވަނީ ހަޖައްސަވާފައެވެ.

އެގޮތުން މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި ރިޔާސީ ޤަރާރުތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނީ އެ ފަޅުގެ އިރުމަތިން 200 ހެކްޓަރު ތޮއްޑޫގެ އިޚުތިޞާޞުގެ ތެރޭގައި ހިމެނުއްވުމަށެވެ. އަދި އެއާ ޖެހިގެން އޮތް 200 ހެކްޓަރުގެ ބިން ތޮއްޑޫގެ އިޚުތިޞާޞުގެ ތެރެއަށް އިތުރުކުރެއްވުމަށްވެސް ނިންމަވާފައިވެއެވެ.

ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާާ ހަވާލުވެވަޑައިގެންވަނީ އެރަށެއްގެ އިޚުތިޞާޞުގެ ތެރޭގައި ފަޅުރަށެއް ނުވަތަ ފަޅެއް ނެތް ރަށްރަށުގެ އިޚުތިޞާޞުގެ ތެރެއަށް ފަޅުރަށް އިތުރުކުރުމަށް އެދެވޭނެ އުސޫލެއް އެކަށައަޅުއްވާފައެވެ. އެ އުސޫލުގެ ތެރެއިން ރަށް ހިމެނޭ އަތޮޅުން ރަށެއް ލިބެން ނެތްނަމަ އެހެން އަތޮޅަކުން ރަށެއް ހަމަޖެއްސުމަށް އެދުމުގެ ފުރުސަތުވެސް ލިބެއެވެ.

މިފަދައިން ދޫކުރެވޭ ރަށްތަކުގައި އިޤުތިޞާދީ ހަރަކާތްތައް ހިންގުމަށް އެ އުސޫލުން ގިނަ ފުރުސަތުތައް ދީފައިވެއެވެ. ކުރިން ރަށްތަކުގައި ހިންގޭ ހަރަކާތްތަކަށްވުރެ ގިނަ ހަރަކާތްތައް ހިންގުމަށް އެ އުސޫލު ހުއްދަކުރެއެވެ.

advertisement
ހިޔާލު ދެއްވާ!