ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ 132 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު.. ފޮޓޯ: އެމްއެންޑީއެފް

ދިވެހި ސިފައިންގެ 132 ވަނަ އަހަރީ ދުވަހުގެ ޚާއްޞަ ރަސްމިއްޔާތު ބާއްވައިފި

ދިވެހި ސިފައިންގެ 132 ވަނަ އަހަރީ ދުވަހުގެ ޚާއްޞަ ރަސްމިއްޔާތު މިއަދު ބާއްވައިފި އެވެ.

ދުވަހުގެ ހަރަކާތްތައް ފެށީ މިއަދު ހެނދުނު 6:00 ގައި ކަޅުތުއްކަލާކޮށީގައި ބޭއްވި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތަކުންނެވެ. ދިދަ ނަންގަވައިދެއްވީ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އެވެ.

މި ރަސްމިއްޔާތުގައި ވަނީ ސިފައިންގެ 132 ވަނަ އަހަރު ބޭނުންކުރުމަށް ކަނޑައަޅާފައިވާ ޝިއާރު ކަމުގައިވާ "ގައުމުގެ މިނިވަންކަން – ސިފައިންގެ ސާބިތުކަން" ހާމަކޮށްފަ އެވެ. އަދި ދިވެހި ސިފައިން އަހަރަކު ދެ ފަހަރު ނެރެމުން އަންނަ "އައްޑަނަ" މަޖައްލާގެ 34 ވަނަ އަދަދުވެސް މިއަދު ވަނީ ނެރެފަ އެވެ.

ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަ ޖެނެރަލް އިބްރާހީމް ހިލްމީއާއި، ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، އޮފިސަރުންނާއި، ވޮރަންޓް އޮފިސަރުންގެ އިތުރުން އެންލިސްޓެޑް ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވި އެވެ.

މި ރަސްމިއްޔާތު ނިމިގެން ދިޔައީ ޚާއްޞަ ދުއާ އަކާއި ސިފައިންގެ ލަވައިންނެވެ.

ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ދިދައަށް އިހްތިރާމު ކުރުމުގެ ގޮތުން ސިފައިންގެ އޭރިއާ ކޮމާންޑްތަކުގައި ގާއިމުކޮށްފައިވާ ހުރިހާ މަރުކަޒެއްގައި ވެސް ވަނީ މިއަދު ހެނދުނު މި ރަސްމިއްޔާތު ކުރިއަށް ގެންގޮސްފަ އެވެ.

ދިވެހިރާއްޖޭގައި ސިފައިންގެ ހިދުމަތް ފެށިފައިވަނީ އޭޕްރީލް 21، 1892 ގައެވެ.

advertisement
ހިޔާލު ދެއްވާ!