އެމްޑީޕީގެ ބައްދަލުވުމުގައި ރައީސް ޞާލިޙު

މަޖިލީހުގެ ސާފު އަޣްލަބިއްޔަތު އެމްޑީޕީއަށް ލިބޭތަން އެބަ ފެނޭ: ސޯލިހު

މިއަދު ވޯޓުލުން ކުރިއަށްދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް ސާފު އަޣްލަބިއްްޔަތު ލިބޭތަން ފެންނަމުން އަންނަކަމަށް އެ ޕާޓީގެ އިސް އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައި ހުރި ހިންނަވަރު ދާއިރާގެ ވޯޓު ފޮށްޓަށް ވޯޓުލެއްވުމަށްފަހު ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޞާލިޙު ވިދާޅުވީ، ޚާއްޞަކޮށް ބޮޑެތި ސިޓީތަކުގެ އަޣްލަބިއްޔަތު އެމްޑީޕީއަށް ލިބޭތަން ފެންނަމުން އަންނަ ކަމަށެވެ.

އޭގެ އިތުުރުންވީ އެންމެ އަވަހަކަށް ވޯޓުލާން ނުކުމެ ވީހާވެސް ގިނަ ބަޔަކު ވޯޓުލުމުގެ ޙައްޤު އަދާކުރެއްވުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވައިފައެވެ.

"އިލްތިމާސަކީ ވީހާވެސް ގިނަ ބަޔަކު ނުކުމެ ވީހާވެސް އަވަހަކަށް ވޯޓު ލެއްވުން. މިއީ ގާނޫނީ ގޮތުން ލިބިފައިވާ ވަރަށް ބޮޑު ޙައްގެއް، އެ ޙައްޤު އެންމެ ފުރިހަމަ ގޮތުގައި ކޮންމެ ރައްޔިތަކު ބޭނުންކުރުމަކީ ގައުމުގެ މަސްލަހަތައްޓަކައި، ގައުމުގެ ކުރިއެރުމަށްޓަކައި ކޮންމެހެން ބޭނުންތެރިކަމެއް،" ޞާލިޙު ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!