ވޯޓުލާ މަރުކަޒެއްގައި ފުލުހުން ޙަރަކާތްތެރިވަނީ.. ފޮޓޯ: ޢަދަ

ވޯޓު ދެއްކުމާއި މަސްލަހަތު ނަގައިލުމުގެ މައްސަލަތަކުގައި 3 މީހަކު ފުލުހުން ހައްޔަރުކޮށްފި

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ދެއްކުމުގެ މައްސަލައަކާއި މަސްލަހަތު ނަގައިލުމުގެ މައްސަލައެއްގައި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ, ވޯޓު ކަރުދާސް ދެއްކި މައްސަލައެއްގައި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މާލެއިން ކަމަށެވެ. މާލެ ސަރަހައްދުގައި 241 ވޯޓު ފޮށި ހުރިއިރު, މައްސަލަ ޖެހުނީ ކޮން މަރުކަޒެއްގައިކަން ފުލުހުން ނުބުނެ އެވެ.

ވޯޓުލާ މަރުކަޒުގެ މަސްލަހަތު ނަގައިލުމުގެ މައްސަލައެއްގައި ދެ މީހުން ފުލުހުންގެ ހައްޔަރު ކުރީ ގދ. ފިޔޯރީންނެވެ. ފިޔޯރީން މައުލޫމާތު ލިބުނު ގޮތުގައި އެ ދެމީހުން ވޯޓުލާ މަރުކަޒާ ދުރަށް ގެންގޮސް, ނަސޭހަތް ދިނުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ.

މި އިންތިޚާބުގެ ވޯޓުލުން ނިމެން ވަގުތު ކުޑަތަންވެފައި ވާއިރު, މިއީ މި އިންތިޚާބުގެ ރައްކާތެރިކަން ބެލެހެއްޓުމުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ހަމައެކަނި މީހުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 93 ގޮނޑިއަށް މީހުން އިންތިޚާބު ކުރާނެ އެވެ. މި އިންތިޚާބުގައި 369 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އަދި ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ އާބާދީއަކީ 284،663 އެވެ.

މިއަދު 13:00 އާ ހަމައަށް 148,800 މީހުން ވަނީ ވޯޓުލާފަ އެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 52 ޕަސަންޓު މީހުންނެވެ.

advertisement
ހިޔާލު ދެއްވާ!