ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ރައީސް ޔާމީން ފޮޓޯ. އެމްއެންއެން

މަޖިލިސް އިންތިޚާބުގައި ސަރުކާރަށް އެކަށީގެންވާ އަދަދަަށް ގޮނޑި ލިބޭނެ ކަަމަށް ބެލެވޭ: ރައީސް ޔާމީން

މިއަދު ކުރިއަށް ދިޔަ މަޖިލިސް އިންތިޚާބުގައި ސަރުކާރަށް އެކަށީގެންވާ ވަރަށް ގޮނޑި ލިބޭނެ ކަަމަށް ބެލެވޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޔާމީން މިފަދައިން ވިދާޅުވީ އިންތިހާބުގެ ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އެމަނިކުފާނު ވިދާޅުވީ މަޝްރޫއުތައް ހިންގުމަށާއި ވަޒީފާތައް އުފައްދަންވެސް ފަސޭހަ ވާނީ ވެރިކަމުގައި ތިބޭ ބަޔަކަށްކަމަށް ވާއިރު ސަރުކާރަށް އެކަށީގެންވާ އަދަދަކަށް ގޮނޑި ނެގިދާނެ ކަމަށެވެ.

ވ. އާރަށުގެ ޚިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް ޔާމީން ގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ ތެރެއިން ރިޝްވަތުގެ ކުށުގައި އިއްވި 4 އަހަރުގެ ޖަލު ހުކުމް ބާތިލް ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދީގެން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ޑިސެމްބަރު 25، 2022 ގަ އެވެ.

އެ ހުކުމް އެ މަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކުރީ، މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން ނިންމާލައިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުގައެވެ.

advertisement
ހިޔާލު ދެއްވާ!