މާލޭގެ ވޯޓުލާ މަރުކަޒުގެ ވޯޓުނެގުމުގެ ތެރެއިން.. ފޮޓޯ: އީސީ

ހަވީރު 5 ޖެހުމާ ހަމައަށް ވޯޓުލާފައިވަނީ 207693 މީހުން: އީސީ

މިއަދު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހަވީރު 5 ޖެހުމާ ހަމައަށް ވޯޓުލާފައިވަނީ 207693 މީހުން ކަމަށް އީސީން ބުނެފިއެވެ.

އީސީން އެކްސްގައި ހާމަކޮށްފައިވާ ތަފާސް ހިސާބުން ދައްކާގޮތުގައި ހަވީރު 5 ޖެހުމާއި ހަމައަށް 207693 މީހުން ވަނީ ވޯޓުލާފައެވެ. އެއީ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން 72.96 ޕަސެންޓް މީހުންނެވެ.

އީސީން މަޢުލޫމާތުދޭ ގޮތުގައި ވޯޓުލުން ކުރިޔަށްދާނީ މިއަދު ހެނދުނު 8:00 އިން ހަވީރު 5:30 އާ ހަމައަށެވެ. އަދި ވޯޓުލާ ވަގުތު އިތުރު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ބުނެފައެވެ. ރާއްޖޭގެ އިތުރުން ބޭރުގެ ތިން ގައުމެއްގައި ވޯޓުލުން ކުރިއަށް އެބަދެއެވެ.

މަޖިލިސް އިންތިޚާބުގައި ޖުމްލަ 602 ވޯޓު ފޮށި ބަހައްޓާފައިވާއިރު މި އިންތިޚާބުގައި 368 ކެންޑިޑޭޓުން ވާދަކުރެ އެވެ. ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 284،663 މީހުންނަށެވެ. މީގެ ތެރޭގައި ހިމެނެނީ 139،361 އަންހެނުންނާއި 145،302 ފިރިހެނުންނެވެ.

advertisement
ހިޔާލު ދެއްވާ!