ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގެ ވޯޓު ނެގުމުގެ ވަގުތު ހަވީރު 5:30 އަށް ހަމަވެ ކިއުތައްވަނީ ބަންދުކުރެވިފައި. .. ފޮޓޯ: އީސީ

ވޯޓް ފޮށިތައް ބަންދުކުރަން ފަށައިފި

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވޯޓްލުން ކުރިއަށް ގެންދަން ކަނޑައެޅި ވަގުތު ހަމަވުމާއެކު ވޯޓް ފޮށިތައް ބަންދުކުރަން ފަށައިފި އެވެ.

މަޖިލިސް އިންތިޚާބުގެ ވޯޓްލުން ފެށީ ހެނދުނު 8:00 ގަ އެވެ. އަދި 5:30 ވީއިރު ކިޔުގައި މީހުން ނެތް ވޯޓް ފޮށިތައް ވަނީ ބަންދުކުރަން ފަށާފަ އެވެ.

ވޯޓް ގުނަން ފަށާނީ ވޯޓް ފޮށި ބަންދުކުރާތާ 30 މިނެޓް ފަހުންނެވެ.

މަޖިލިސް އިންތިޚާބުގައި ޖުމްލަ 602 ވޯޓު ފޮށި ބަހައްޓާފައިވާއިރު މި އިންތިޚާބުގައި 368 ކެންޑިޑޭޓުން ވާދަކުރެ އެވެ. ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 284،663 މީހުންނަށެވެ. މީގެ ތެރޭގައި ހިމެނެނީ 139،361 އަންހެނުންނާއި 145،302 ފިރިހެނުންނެވެ.

advertisement
ހިޔާލު ދެއްވާ!