އިންތިޚާބުގެ ވޯޓު ގުނަން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލީ ބައެއް މަރުކަޒުތަކުގައި ވޯޓު ގުނަން ފަށައިފި އެވެ.

މަޖިލިސް އިންތިޚާބުގެ ވޯޓްލުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 8:00 އިން ހަވީރު 5:30 އަށެވެ. 5:30 ވީއިރު ކިޔުގައި މީހުން ނެތް ވޯޓު ފޮށިތައް ބަންދުކޮށްފައިވާއިރު 5:30 ގެ ކުރިން ކިޔުގައި ތިބި މީހުންނަށް ވޯޓުލުމުގެ ފުރުސަތު ވަނީ ދީފަ އެވެ.

މަޖިލިސް އިންތިޚާބުގައި ޖުމްލަ 602 ވޯޓު ފޮށި ބަހައްޓާފައިވާއިރު މި އިންތިޚާބުގައި 368 ކެންޑިޑޭޓުން ވާދަކުރެ އެވެ. ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 284،663 މީހުންނަށެވެ. މީގެ ތެރޭގައި ހިމެނެނީ 139،361 އަންހެނުންނާއި 145،302 ފިރިހެނުންނެވެ.

advertisement
ހިޔާލު ދެއްވާ!