ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) --- ފޮޓޯ: ޕީޕީއެމް

ދިވެހިން ތިބި ގޮތް ވަރަށް ސާފު: އަދުރޭ

އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރަށް ކާމިޔާބު ލިބުމުން ދިވެހިން ތިބި ގޮތް މިހާރު ސާފުވެފައިވާ ކަމަށް ރައީސްގެ ޚާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަދުރޭ ވަނީ އިއްޔެ ގޮނޑިތައް ކާމިޔާބު ކުރެއްވި ޕީއެންސީގެ މެންބަރުންނަށް މަރުހަބާ ކިޔުއްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަޖިލީހުގެ ޖުމްލަ 7371 ގޮނޑި ވަނީ ސަރުކާރުން ކާމިޔާބު ކޮށްފައެވެ.

އިންތިޚާބު ކާމިޔާބު ކުރައްވާފައިވާ ފަރާތްތަކުގެ ތެރެއިން އަންހެން މެމްބަރުންނަށް ހޮވިފައިވަނީ އެންމެ ތިން މެމްބަރުންނެވެ.

މިއީ ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި ރައްޔިތުންގެ މަޖިލިހުގެ ތެރެއިން އެއް ސިޔާސީ ޕާޓީއަކަށް މިހާ ބޮޑު މެޖޯރިޓީއެއް ލިބުނު ފުރަތަމަ ފަހަރެވެ.

advertisement
ހިޔާލު ދެއްވާ!