ވިހަވަނަ ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގައި ޅ އަތޮޅުގެ މެޖޯރިޓީ މިނިވަން ކެންޑިޑޭޓުން ހޯދައިފިއެވެ.
ޅ އަތޮޅުގެ 3 ގޮނޑީގެ ތެރޭގައި ހިމެނޭ ހިންނަވަރު ދާއިރާއަށް ވާދަކުރެއްވި 3 ކެންޑިޑޭޓުންގެ ތެރެއިން 1478 ވޯޓު ހޯއްދަވައިގެން ހިންނަވަރު ދާއިރާގެ ގޮނޑިއަށް އިންތިޚާބުވެ ވަޑައިގެންނެވީ ޕީއެންސީގެ ކެންޑިޑޭޓު މުޙައްމަދު ޢަބްދުއްރަޙްމާން އެވެ. މިއީ ޕީއެންސީއަށް މިއަތޮޅުން ލިބުނު ހަމައެކަނި ގޮނޑިއެވެ. މުޙައްމަދު ޢަބްދުއްރަޙްމާންއާ އެންމެ ގާތުން ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު ޖީހާން މަޙްމޫދު އެވެ. 3 ވަނަ ހޯއްދެވީ އަމިއްލަގޮތުން ވާދަކުރެއްވި ކެންޑިޑޭޓު ޢަބްދުއްސަލާމް މޫސާ އެވެ.
ހިންނަވަރު ދާއިރާގެ ގޮނޑިއަށް އިންތިޚާބުވެ ވަޑައިގެންނެވީ މިނިވަން ކެންޑިޑޭޓު ޔާސީން ޢަބްދުﷲ އެވެ. ޔާސީން ޢަބްދުﷲއާ އެންމެ ގާތުން ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު އަޙްމަދު ޔާސިރު އެވެ. 3 ވަނަ ހޯއްދެވީ ޕީއެންސީ ކެންޑިޑޭޓު ޙަސަން އަލި ފުޅު އެވެ.
ކުރެންދޫ ދާއިރާގެ އިންތިޚާބު ކާމިޔާބުކުރެއްވީ މިނިވަން ކެންޑިޑޭޓު މުޙައްމަދު ޝާމިން ޙަބީބު އެވެ. 2 ވަނަ ހޯއްދެވީ ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި އާދަމް ތައުފީޤު އެވެ. މިނިވަން ކެންޑިޑޭޓު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް އަށް 3 ވަނަ ލިބިވަޑައިގެންނެވިއިރު، 4 ވަނަ ހޯއްދެވީ އެމްޑީޕީގެ ކެންޑިޑޭޓު ޢަލީ ނިޔާޒު އެވެ. އެމްއެންޕީން ވާދަކުރެއްވި މުޙައްމަދު ޔޫސުފު އަށް ލިބިވަޑައިގަތީ 5 ވަނައެވެ.