މަޖިލިސް އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރަން ޕީއެންސީން ބޭއްވި ޖަލްސާ.. ފޮޓޯ: އަވަސް

ދެން އޮތީ ޤައުމު ތަރައްޤީކުރުމަށް ބޭނުންވާ ހުރިހާ މަގެއް މަޖިލީހުގެ ތެރެއިން ކޮށައި ފުރިހަމަކުރުން: ރައީސް

ދެން އޮތީ ޤައުމު ތަރައްޤީކުރުމަށް ބޭނުންވާ ހުރިހާ މަގެއް މަޖިލީހުގެ ތެރެއިން ކޮށައި ފުރިހަމަކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މިފަދައިން ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ސަރުކާރަށް ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަކުރުމަށް ރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަޅުގަނޑުގެ ކެބިނެޓެ މެބަރުންނާއި ކުންފުނިތަކުގެ ވެރިންނާ އަދި އަޅުގަނޑުމެންގެ އިއްޒަތްތެރި މަޖިލިސް މެންބަރުންނަށް ދަންނަވާލަން ބޭނުންވަނީ މި ވޭތުވެދިޔަ 5 މަސް އެއީ އަދި އެއްވެސް އެއްޗެއް ނޫނޭ. ދެން ތިބޭފުޅުން އުޅުއްވަންޖެހޭނީ 24 ގަޑިއިރު ހޭލައޭ. ހަމަސީރިއަސްކޮށް މި ދަންނަވަނީ އަޅުގަނޑު ބޭނުންވަނީ ރައްޔިތުންނަށް ތަރައްޤީ އަޅުގަނޑު ބޭނުންވިގޮތަށް ގެނެސްދޭން." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ގެދޮރުވެރިކަމުގެ ހިތި މާޒީ ތާއަބަދަށް ދޫކޮށްލާ، ގެދޮރުވެރިކަމުގެ މައްސަލަ ޙައްލުކޮށްދިނުމުގެ ވަޢުދު ފުއްދަވާނެކަމުގެ ޔަޤީންކަން ދެއްވަމުން ރައީސް ވިދާޅުވީ ދެން އޮތީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެކަމަށް ބޭނުންވާ ހުރިހާ މަގެއް ކޮށައި ފުރިހަމަކުރުން ކަމަށެވެ.

އަދި ކޮންމެ ރައްޔިތަކަށް މުއްސަނދިކަން އިޙްސާސްކޮށްދިނުމަށްޓަކައި ކުރަން އޮތް މަސައްކަތް ބުރަކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިސަރުކާރަކީ ބަހަނާ ދައްކާ ބައެއް ނޫން ކަމަށާއި މިސަރުކާރަކީ އިޚްލާސްތެރިކަމާއެކު ސީރިއަސް މަސައްކަތެއް ކުރަންތިބި ބައެއް ކަމަށް ރައީސް ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!