ވިހަވަނަ ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަށް މެންބަރުން ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގައި ކ އަތޮޅުގެ 4 ގޮނޑީގެ ތެރެއިން 3 ގޮނޑި ޕީއެންސީއަށް ލިބިއްޖެއެވެ. 4 ވަނަ ގޮނޑިވެސް ކާމިޔާބުކުރެއްވީ ސަރުކާރަށް ތާއީދުކުރައްވާ ޑރ. އަނާރާއެވެ.
ޑރ. އަނާރާ ވާދަކުރެއްވީ ހުރާ ދާއިރާއަށެވެ. އެގޮތުން ޑރ. އަނާރާ މިއިންތިޚާބު ކާމިޔާބުކުރެއްވީ ޖުމްލަ 769 ވޯޓު ހޯއްދަވައިގެންނެވެ. މިދާއިރާއިން 2 ވަނަ ހޯއްދަވާފައިވަނީ 686 ވޯޓާއެކު ޕީއެންސީގެ ގެ ކެންޑިޑޭޓު ޢަބްދުﷲ ވާރިސް އެވެ. 3 ވަނަ ހޯއްދެވީ އެމްޑީޕީގެ ކެންޑިޑޭޓް ޝާޠިރު ޢަބްދުލް ރަޙްމާން އެވެ. 127 ވޯޓާއެކު 4 ވަނަ ލިބިވަޑައިގެންފައިވަނީ މިނިވަން ކެންޑިޑޭޓް އާމިނަތު ރޫލާ އަޙްމަދު އަށެވެ.
މާފުށި ދާއިރާއަށް 3 ކެންޑިޑޭޓުން ވާދަކުރައްވާފައިވާއިރު، ޖުމްލަ 1373 ވޯޓު ހޯއްދަވައިގެން މިދާއިރާގެ ގޮނޑިއަށް އިންތިޚާބުވެ ވަޑައިގެންފައިވަނީ ޕީއެންސީގެ ކެންޑިޑޭޓު ޙުސައިން ރިޒާ އާދަމް އެވެ. މިދާއިރާއިން 2 ވަނަ ހޯއްދަވާފައިވަނީ 491 ވޯޓާއެކު ޑިމޮކްރެޓްސްގެ ގެ ކެންޑިޑޭޓު މުޙައްމަދު މުޞްޠަފާ އެވެ. 3 ވަނަ ހޯއްދެވީ އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު ލުޠުފީ އެވެ.
ތުލުސްދޫ ދާއިރާއަށް 4 ކެންޑިޑޭޓުން ވާދަކުރައްވާފައިވާއިރު، ޖުމްލަ 961 ވޯޓު ހޯއްދަވައިގެން މިދާއިރާގެ ގޮނޑިއަށް އިންތިޚާބުވެ ވަޑައިގެންފައިވަނީ ޕީއެންސީގެ ކެންޑިޑޭޓު އިބްރާހީމް ނަސީމް އެވެ. މިދާއިރާއިން 2 ވަނަ ހޯއްދަވާފައިވަނީ 484 ވޯޓާއެކު އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހީމް އަމީރު އެވެ. 3 ވަނަ ހޯއްދެވީ މިނިވަން ކެންޑިޑޭޓް އަޙްމަދު ޝާމިލް ޢަބްދުﷲ އެވެ. 5 ވޯޓާއެކު 4 ވަނަ ލިބިވަޑައިގެންފައިވަނީ މިނިވަން ކެންޑިޑޭޓް މުޙައްމަދު ވަޙީދު އިބްރާހީމް އަށެވެ.
ކ އަތޮޅުގެ 4 ގޮނޑީގެ ތެރޭގައި ހިމެނޭ ކާށިދޫ ދާއިރާއަށް ވާދަކުރެއްވި 5 ކެންޑިޑޭޓުންގެ ތެރެއިން އިންތިޚާބު ކާމިޔާބުކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު މުންތަޒިމް އިބްރާހީމް އެވެ. އެންމެ ގާތުން ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު ޢަބްދުﷲ ނަސީރު މުޙައްމަދު އެވެ. 3 ވަނަ ހޯއްދެވީ މިހާރުވެސް ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު އެވެ. 109 ވޯޓާއެކު 4 ވަނަ ލިބިވަޑައިގެންފައިވަނީ މިނިވަން ކެންޑިޑޭޓް މުޙައްމަދު ކަމާލް އަށެވެ. އަމިއްލަގޮތުން ވާދަކުރެއްވި އަޙްމަދު ޞަބާޙު އަށް ލިބިވަޑައިގަތީ 5 ވަނައެވެ.