ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ދުވާފަރު ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނަން އެދިއްޖެ އެވެ.
ދުވާފަރު ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނައިދޭން އެދުނީ އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވި އިބްރާހީމް އަބްދުއްރަހްމާން އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފައިވާ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ދުވާފަރު ދާއިރާއަށް ވާދަކުރެއްވި 4 ކެންޑިޑޭޓުންގެ ތެރެއިން 4 ވޯޓުގެ ތަފާތުން ކުރި ހޯއްދަވާ އިންތިޚާބު ކާމިޔާބުކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓެވެ. މުޙައްމަދު ޢަލީ 1074 ވޯޓު ހޯއްދެވިއިރު، އެންމެ ގާތުން ވާދަކުރެއްވި މިނިވަން ކެންޑިޑޭޓު އިބްރާހީމް ޢަބްދުއްރަޙްމާން އަށް ލިބިވަޑައިގަތީ 1070 ވޯޓެވެ. 3 ވަނަ ހޯއްދެވީ އެމްޑީޕީގެ ކެންޑިޑޭޓް އިސްމާޢީލް އަޙްމަދު އެވެ. 77 ވޯޓާއެކު އެންމެ ފުލުގައި ޖޭޕީ ކެންޑިޑޭޓް އަޒްލީން އަޙްމަދު އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ ވޯޓު ފޮށިތައް އަލުން ގުނުމާމެދު އެ ކޮމިޝަނުން މިއަދު ގޮތެއް ނިންމާނެ ކަމަށެވެ.