ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި ނައްތާލަނީ

ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު 3 މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރިކުރާކަމުގެ ތުހުމަތުގައި 3 މީހަކު ހައްޔަރުކޮށްފި އެވެ.

މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މ. ރުބިކަން އަހްމަދު ނަޒީފް ނިޔާޒް (31) އާއި، ހ. މެހެލިގެ އިބްރާހިމް ޚަލީލް (43)ގެ އިތުރުން ގ. ގޮއިދޫގެ ހަސަން ޝާފިއު (41) އެވެ.

މި 3 މީހުން ހައްޔަރު ކުރި އެޕާޓްމަންޓްގެ ތެރެއިން ވަނީ ކިލޯއަކަށް ވުރެ ގިނަ ކެނަބިސް ފެނިފަ އެވެ. އަދި ބަނގުރާ ހުސްކުރި ފުޅިއަކާއި މަސްތުވާތަކެތި ބަންދުކުރާ ސާމާނުވެސް މިތަނުން ފެނިފައިވެ އެވެ.

އެޕާޓްމަންޓުން ފެނުނު ތަކެއްޗަކީ އިބްރާހިމް ޚަލީލް ތަކެތި ކަމަށް ފުލުހުންގެ ތަހުގީގުގައާއި ކޯޓުގައި އޭނާ ވަނީ ބުނެފަ އެވެ.

މި 3 މީހުންގެ ތެރެއިން އިބްރާހީމް ޚަ ލީލްގެ ބަންދަށް ކޯޓުން ވަނީ 30 ދުވަސް ޖަހައިދީފައެވެ. ހަސަން ޝާފިއު އާއި އަހްމަދު ނަޒީފްގެ ބަންދަށް ކޯޓުން ދީފައިވަނީ 20 ދުވަހެވެ.

advertisement
ހިޔާލު ދެއްވާ!